ޝަރުއީ ދާއިރާގެ މަހާސިންތާއެއް ބާއްވަނީ

މަރިޔަމް ޝަމީލާ

ގުޅުންހުރި ދާއިރާތަކުގެ މަޝްވަރާ ހޯދުމަށް ފެބުރުއަރީމަހުގެ 17 އިން 19 އަށް ގައުމީ މަހާސިންތާއެއް ބޭއްވުމަށް ޝަރުއީދާއިރާއިން ނިންމައިފި އެވެ.

އާ އަހަރާއި ދިމާކޮށް ޝަރުއީދާއިރާގައި ކުރަން ނިންމާފައިވާ ބައެއް ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަލީ ނަޒީރު ވިދާޅުވީ، ދައުލަތުގެ ތިން ބާރުގެ ތެރޭގައިވެސް ރަނގަޅު ކުރަންޖެހޭނެ ކަންކަން ހުންނާނެ ކަމަށާއި، އެ މަހާސިންތާގެ ބޭނުމަކީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކޮށް، ފަސޭހަކަމާއެކު އަދުލު އިންސާފު ލިބިދިނުމާއި، ވަކިކޮޅަކަށް ނުޖެހި ނުފޫޒުން ބޭރުން ކަންކަން ކުރުމަށް ސްޓޭކް ހޯލްޑަރުން ގެ މަޝްވަރާ ހޯދުން ކަމަށެވެ.

ޝަރުއީ ދާއިރާއިން ވަނީ، ދާއިރާގެ އެއްވެސް ކަމެއް ރަނގަޅު ކުރަންޖެހޭ ކަމަށް ފެންނަ ނަމަ އެކަމެއް އާންމު ރައްޔިތުންނާއި ހިއްސާ ކުރުމުގެ ކުރިން އެ ދާއިރާގެ ކަމާގުޅޭ ފަރާތްތަކަށް އެކަމެއް ހުށަހެޅުމަށް ގާނޫނީ ދާއިރާގެ ބޭފުޅުންނަށާއި މީޑިއާއަށްވެސް އިލްތިމާސްކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here