ކިނބުލަކާ ބައްދައިގެން ފޮޓޯނެގި މެލޭޝިޔާ އަންހެންކުއްޖަކަށް ފާޑުކިޔުން އަމާޒުވެއްޖެ

ދުވަސް އެމްވީ

ކިނބުލަކާ ބައްދައިގެން އިނދެ ފޮޓޯނެގި، މެލޭޝިޔާ އަންހެންކުއްޖަކަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އުމުރުން 22 އަހަރުގެ އަޒީ ނާދިއާ އަޒީޒް ނަމަކަށް ކިޔާ މި އަންހެންކުއްޖާ އަކީ މެލޭޝިޔާގެ ކޮތަ ބަރޫ ސިޓީއަށް ނިސްބަތްވާ ކުއްޖެކެވެ. މި ކުއްޖާ ސޯޝަލް މީޑިއާއަށް ޕޯސްޓްކުރި ފޮޓޯއިން ފެންނަނީ ގާތްގަނޑަކަށް 1.5 މީޓަރު ދިގު ކިބުލަކާއި ބައްދާލައިގެން ސޯފާއެއްގައި އިށީނދެ އިންދައެވެ.

ފާޑުކިޔުންތަކަށް ރައްދުދެމުން ނާދިއާ ބުނެފައިވަނީ އެއީ ގެއާއި ކައިރި ސަރަހައްދަކުން ފެނުނު ކިނބުލެއް ކަމަށާއި އެ ކިނބޫ ވަރަށް “ފްރެންޑްލީ” ކަމަށް ފެންނާތީ ގެއަށް ގެންދިޔައީ ކަމަށެވެ. އަދި ފަހުން އެ ކިނބޫ ފެންގަނޑަކަށް ދޫކޮށްލާފައިވާނެ ކަމަށާއި ގޭގައި ގެންގުޅުނީވެސް މަދު ވަގުތުކޮޅަކަށް ކަމުގައި ނާދިއާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here