ހަ އަހަރުގެ ކުއްޖަކު ސަލާމަތްވީ މަރުވެފައި އޮތް ބައްޕަ އާއި ހޭނެތިފައި އޮތް މަންމަގެ ފޮޓޯ އަޕްލޯޑް ކުރުމުން

ދުވަސް އެމްވީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަ ކޮންމެ ދުވަހަކުވެސް ތަފާތު އެތައް ކަންތައްތަކެއް އަންނަނީ ހިނގަމުންނެވެ. ހިތާމަވެރި ކަންތައްތަކާއި އުފާވެރި ކަންތައްތަކެވެ. އެގޮތުން މި ކަމަކީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ މިޗިގަންގައި ހިނގާދިޔަ ހާދިސާއެކެވެ.

މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އުމުރުން ހަ އަހަރުގެ ކުޑަ ކުއްޖަކު ދިރިއުޅެމުން ދިޔައީ އޭނަގެ ބައްޕަ އާއި ދޮންމަންމަ އާއި އެކުގައެވެ. އެ ކުއްޖާގެ ބައްޕަ އާއި މަންމަ ގޮތް ނޭނގޭ ޑްރަގެއް ބޭނުންކޮށް އޯވަރ ޑޯޒްވެ އެ ކުއްޖާގެ ބައްޕަ މަރުވެ ދޮން މަންމަ ހޭނެތުނީ އެ ތިން މީހުން އެކަނި ގޭގައި އުޅެނިކޮށް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ކުއްޖާ ސަލާމަތް ކުރީ މަރުވެފައިވާ ބައްޕަ އަދި ހޭނެތިފައިވާ މަންމަގެ ފޮޓޯ ފޭސްބުކަށް އަޕްލޯޑް ކުރުމުން، އެ ކުއްޖާގެ ކާފައަށް އެ ފޮޓޯ ފެނި ޕޮލިހަށް ރިޕޯޓް ކުރުމުން ފުލުހުން ގޮސް ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

އެގޮތުން ފުލުހުން އެ ގެއަށް ދިޔައިރު މަރުވެފައިވާ، އެ ކުއްޖާގެ ބައްޕަގެ މޫނުގެ މަސްތައް ނޮޅާ ކެއުމުގައި ޕިޓްބުލް ބްރީޑްގެ ކުއްތާއެއް އޮތް ކަމަށާއި އަދި އޭރުވެސް އެ ކުއްޖާގެ ދޮން މަންމަ އޮތީ ހޭނެތިފައި ކަމަށް ބުނެފައިވެއެވެ.

އެ ކުއްޖާ މިހާރު އެ ކުއްޖާގެ އަސްލު މަންމަގެ ގާތަށް ގެންގޮސްފައިވާއިރު ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި އެ ކުއްޖާ އެއްވެސް އެއްޗެއް ނުކައި ހުރެ އެ ކުއްޖާގެ ބައްޕަ އާއި ދޮންމަންމަ ހޭލާތޯ 24 ގަޑިއިރަށްވުރެ ގިނަ އިރު އުޅުނެވެ. އެ ދެމީހުންނަށް އެތައް ފަހަރެއްގެ މަތިން ގޮވާ، މޫނަށް ފެން އަޅާ ހެދުމުންވެސް ފޮޓޯއެއް ނަގާ ފޭސްބުކަށް އަޕްލޯޑް ކުރަން ހިތަށްއެރީ އެހީއެއް ލިބިދާނެކަމުގެ އުންމީދުގައި ކަމުގައި އެ ކުއްޖާއާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here