ދުވަސް ފައިލް ފޮޓޯ
ދުވަސް ފައިލް ފޮޓޯ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަަޔަކަށް ވިއްސާރަކުރާނެ

ކުރި އަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މެދު ރާއްޖެ އާއި ދެކުނުގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިއަދު ބުނެފި އެވެ.

މެޓް އޮފީހުން ނެރެފައިވާ ބަޔާޏެއްގައި ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކާއި މެދު ރާއްޖެތެރެ އަށް ބޮޑަށް ވިއްސާރަކުރި ކަމުގައި ވިޔަސް އުތުރުގެ އެކި ހިސާބުތަކަށް ވެސް މެންދުރު ފަހުން ވިއްސާރައިގެ އަސަރުކުރާނެ ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10-20 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ކަނޑު ވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. މި ވިއްސާރައިގައި ހާއްސަކޮށް ދެކުނާއި މެދުތެރޭ އަތޮޅުތަކުުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.

ހޫނުގަދަ ދުވަސްތަކަކަށް ފަހު ކުއްލިއަކަށް ބޯކޮށްވާރޭވެހި ގުގުރައި ބައެއް ރަށްތަކަށް ދަނީ އެކި ވަރުގެ ގެއްލުން ލިބެމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *