ހަލާކުވެފައިވާ އޮއިވާލި ކަނދުފަތިތައް ހަރުކުރަނީ -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ހަލާކުވެފައިވާ އޮއިވާލި ކަނދުފަތިތައް ހަރުކުރަނީ -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ހަލާކުވެފައިވާ ހުރިހާ އޮއިވާލި ކަނދުފަތިތަކެއް ހަރުކޮށްފި

ރާއްޖޭގެ މަސް ކަނޑުތަކުގައި ފިޝަރީޒް މިނިސްޓްރީން ހަރުކޮށްފައިވާ އޮއިވާލި ކަނދުފަތިތަކުގެ ތެރެއިން ހަލާކުވެފައިވާ ހުރިހާ ކަނދުފަތިތައް ހަރުކޮށް ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ މަސް ކަނޑުގެ ސަރަހައްދުތަކުގައި އަޅާފައިވާ އޮއިވާލި ކަނދުފަތިތަކުގެ ތެރެއިން ހަލާކުވެގެން ރިޕޯޓުކޮށްފައިވަނީ 11 ކަނދުފަތިކަމަށެވެ.

އެ މިނިސްޓްރީން ބުނީ ހަލާކުވެފައިވާ ކަނދުފަތިތައް ހުރީ އުތުރާއި ދެކުނުގައި ކަމުން އެ އެއްޗެހި އަލުން އަޅާފައިވަނީ މިނިސްޓްރީގެ ދޯންޏެއް އެ ސަރަހައްދުތަކަށް ފޮނުވައިގެން ކަަމަށެވެ.

ހަލާކުވެގެން އަލުން އެޅި 11 އޮއިވާލި ކަނދުފައްޗާއި އެކު މިހާރު ރާއްޖޭގައި މަސްވެރިކަން ކުރުމަށް 54 އޮއިވާލި ކަނދުފަތި އޮންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *