ކަދުރަކީ އާންމުކޮށް ކޮންމެ ދުވަހަކު ކާން އެންމެ ރަނގަޅު މޭވާ --

ހަފްތާއެއް ވަންދެން ކޮންމެ ދުވަހަކު ތިން ކަދުރު ކައިފި ނަމަ ވާގޮތް އިނގޭތަ؟

ދުވަސް އެމްވީ

ކަދުރަކީ އިސްލާމް ދީނުގައި މާތް ކުރައްވާފައިވާ މޭވާ އެކެވެ. ރޯދަ ވީއްލުން އެންމެ ސުންނަތްކަން ގަދަވެގެންވަނީ ކަދުރަކުންނެވެ.

ކަދުރު މާތްވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ހަށިގަނޑަށް އެތައް ފައިދާއެއް ކުރާ އެއްޗަކަށްވާތީ އެވެ. މިފަހުން ކަދުރާއި ގުޅޭގޮތުން ހެދި ދިރާސާތަކުގައި ބުނެފައިވަނީ ފޮނި އެއްޗަކަށްވިޔަސް ކަދުރު ކެއުމުން ހަށިގަނޑަށާއި ވިސްނުމަށް ފައިދާ ކުރާ ކަމަށެވެ.

ތިރީގައި އެވަނީ އެއް ހަފްތާ ވަންދެން ދުވާލަކު ތިން ކަދުރު ކައިފި ނަމަ ހަށިގަނޑަށް ލިބޭ ބޮޑެތި ފައިދާތަކެ ކެވެ.

ފުރަގަސްފަރާތަށް ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަމުން ދުރުވެ ހުރުމަށް ކޮންމެ ދުވަހަކު ތިން ކަދުރު ކާށެވެ. އިނގިރޭސިވިލާތުގައި ކުރި ދިރާސާއެއްގައި ބުނެފައިވަނީ ކަދުރު އާންމުކޮށް ކެއުމުން ބޮޑުކަމުދާ ނިޒާމާއި، ނަޖިސް ހަށިގަނޑުގައި އުފެދޭ ނިޒާމު އަބަދުވެސް ރަނގަޅަށް މަސައްކަތް ކުރުމަށް އެހީވެދެ އެވެ. އަދި ނަޖިސްގެ ގޮތުގައި އުފެދޭ ތަކެތިން ހަށިގަނޑަށް ނުވަތަ ނިޒާމަށް ގެއްލުންވާ ބެކްޓީރިއާ ނައްތާލަ އެވެ.

މީގެ އިތުރުން ރަނގަޅު ބެކްޓީރިއާ އުފެދުމަށް މަގުފަހި ކޮށްދޭ ކަމަށްވެ އެވެ. އޭގެ ނަތީޖާއަކަށް ވަނީ ބޮޑުކަމުދާ ނިޒާމު ސާފުކޮށް ހުރުމުން ފުރަގަސް ފަރާތަށް ކެންސަރު ޖެހުމުން ދުރުކޮށްދިނުމެވެ.

ބޮޑުކަމުދިއުމަށް އުނދަގޫވާ މީހުންނަށް ކަދުރަކީ ރަނގަޅު މޭވާ އެކެވެ. އެގޮތުން އާންމުކޮށް ތަށްޓެއް ފުރެންދެން ކަދުރު އަޅާލައިގެން ހުސްވަންދެން ކާނަމަ ބޮޑުކަމުދާ ނިޒާމަށް ދިމާވާ މައްސަލަތައް ހައްލުވެ ކޮންމެ ދުވަހަކު އުނދަގުލަކާއި ނުލައި ބޮޑުކަމު ދެވޭނެ އެވެ.

ކަދުރަކީ ވަރަށް އަވަހަށް ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ އެއްޗެކެވެ. ކަދުރުގައި ހިމެނޭ ހަކަތަ ފޯރުކޮށްދޭ މުހިންމު ބައިތަކުގެ ތެރޭގައި ހަކުރު، ގުލްކޯޒް އަދި ލެއަށް އަވަހަކަށް ހަކަތަ ފޯރުކޮށްދޭ ބައިތަކެއް ހިމެނެ އެވެ. ކަދުރުގައި އެކުލެވޭ ފައިބަރާއި، ޕޮޓޭސިއަމް، މެގްނީސިއަމް އަދި ވިޓަމިންސްގެ ބައިތަކުން އަވަހަށް ވަރުބަލިވުމުން ދުރުކޮށްދެ އެވެ.

ކަދުރުގައި އެކުލެވޭ ވިޓަމިން ބީ6 އަކީ ސިކުނިޑިއަށް ފައިދާހުރި ބައެވެ. އޭގެން ވިސްނުން ތޫނުކޮށްދީ ސިކުނޑީގެ ހިނގުން ރަނގަޅުކޮށްދެ އެވެ. އަދި ވިސްނުންތަކާއި ދުރުކޮށްދީ ޑިޕްރެޝަން އާއި ދުރުކޮށްދޭނެ އެވެ.

ހިތުގެ ބަލިތަކަށްވެސް ކަދުރަކީ ރަނގަޅު މޭވާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކަދުރަކީ ކޮލެސްޓްރޯލް މަދުކޮށްދޭ މޭވާ އެކެވެ. ކަދުރު އާންމުކޮށް ކޮންމެ ދުވަހަކު ކާނަމަ ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here