ކުރޫޒް ލައިނާ ތަކަށް މާލެއާ ކައިރީގައި ބަނދަރު ކުރެވޭގޮތް ހަދައިފި

މަރިޔަމް ޝަމީލާ

ރާއްޖެ އަށް އަންނަ ކުރޫޒް ލައިނާ ތަކަށް މާލެ އާކައިރީގައި ބަނދަރުކުރެވޭ ގޮތަށް މިއަދު ހަމަޖައްސައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން ރާއްޖެ އަށް އަންނަ ކުރޫޒް ލައިނާތައް މާލެއާއި ދުރުގައި ބަނދަރު ކުރަން ޖެހުމަކީ ގިނަ ފަރާތްތަކުން ކަނބޮޑުވުން ފާޅުކުރާ ކަމެކެވެ.

މީގެ ކުރިން ކުރޫޒު ލައިނާތައް ބަނދަރު ކުރަމުން އަންނަނީ މާލެ އާއި ގާތްގަނޑަކަށް ދެ ނޯޓިކަލް މޭލު ދުރުން ކަމުގައި ވިޔަސް މިއަދުން ފެށިގެން މާލެއާ 0.6 ނޯޓިކަލް މޭލު ކައިރީގައި ކުރޫޒު ލައިނާ ތަކަށް ބަނދަރު ކުރެވޭނެގޮތް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް ހަމަޖައްސާފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ހާމަ ކުރައްވާފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައްބަލައި އެކަންކަން ހައްލުކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީ އިން ކުރަމުން ގެންދާއިރު، އެކަމުގެމައުލޫމާތު ހޯދުމަށްޓަކައި އާމުންގެ ޝަކުވާ ފަސޭހަ ކަމާއި އެކު ހުށަހެޅުމަށް، އެމިނިސްޓްރީއިން ވަނީ ހޮޓްލައިން އެއް ތައާރަފު ކޮށްފައެވެ. އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތައް ދޭތަންތަން އެއް ފެންވަރެއްގައި ހިފެހެއްޓުމަށްޓަކައި، އެތަންތަން އިންސްޕެކްޓު ކުރުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް މަސައްކަތްތައް ކުރަމުން ދާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީ އިން ހާމަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here