ފޮޓޯ: އޭސީސީ
ފޮޓޯ: އޭސީސީ

ނުހައްގު މުއްސަނދި ކަމަކީ ކުށެއް ކަމަށް ކަނޑައަޅަން އޭސީސީން ހުށަހަޅައިފި

ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅައި ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

ނުހައްގު މުއްސަނދިކަމެއްގެ ގޮތުގައި، ދުނިޔޭގައި ބަލަމުން އަންނަނީ، ތިމާއަށް އަސްލު ލިބޭ އާމްދަނީ އަށް ވުރެ މަތީ ފެންވަރުގައި ދިރިއުޅުމާއި ތިމާގެ އަތުގައި ހުންނަ އަގުބޮޑު މިލްކިއްޔާތުތަކެވެ. އޭސީސީން ބުނީ ނުހައްގު މުއްސަނދިކަން ހޯދުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ނެތުމުން ދައުލަތުގެ ބައެއް މުވައްޒަފުންނާ ބެހޭ ތަހްގީގުކުރެވޭނެ ގޮތެއް ވެސް ނޯންނަ ކަމަށެވެ.

ރާއްޖެ ބައިވެރިވެފައިވާ އދ. ގެ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ މުއާހަދާގައި، ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއްގެ ގޮތުގައި ބަލަން ބާރުއަޅާ ކަމަށާއި އެ މުއާހަދާގައި ބައިވެރިވެފައިވާ 42 ގައުމެއްގައި އެއީ ޖިނާއީ ކުށެއް ކަމަށް އޭސީސީން ބުނެ އެވެ. އޭގެ ތެރޭގައި ޗައިނާ، އާޖެންޓީނާ، ބޫޓާން، އިންޑިޔާ އަދި މެލޭޝިއާ ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.

ގާނޫނުލް އުގޫބާތަށް ގެންނަން ފެންނަ ކަމަށް އޭސީސީން ވަނީ 13 އިސްލާހެއް ހުށަހަޅާފަ އެވެ.

ނުހައްގު މުއްސަނދިކަން ހޯދުން ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ އިތުރުން، ގާނޫނުލް އުގޫބާތުގައި ”ދައުލަތުގެ މުވައްޒަފުން“ މިހާރު މާނަކޮށްފައިވާ ވަރަށް ވުރެ ފުޅާކޮށް، އެ މާނުކުރުމުގެ ތެރެއަށް ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ވައްދަން ވެސް އޭސީސީން ވަނީ ހުށަހަޅައިފަ އެވެ. އެއީ ދައުލަތުގެ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން ބާރު އެޅުމަށް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *