ގަން އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ: ގޫގުލް
ގަން އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ: ގޫގުލް

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މުސާރައިގެ އާ އޮނިގަނޑެއް އެކުލަވާލައިފި

ގަން އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑްގެ މުއައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑެއް އެކުލަވާލައިފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީ (އޭއައިއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަލަށް އެކުލަވާލި އޮނިގަނޑުގެ ދަށުން ކުރީގައި މުވައްޒަފުންނަށް ދެމުންގެދިޔަ އަސާސީ މުސާރަ އަދި ސާވިސް އެލަވަންސް ވަކިން ދިން ނަމަވެސް، އަލަށޤ އެކުލަވާލި އޮނިގަނޑުގެ ދަށުން ދޭނީ އަސާސީ މުސާރަ އާއި ސާވިސް އެލަވަންސް އެއްކޮށްލުމަށްފަހު ކަމަށެވެ.

އެގޮތުން އަސާސީ މުސާރަ އިތުރު ކުރެވުމުން، މުވައްޒަފުންގެ އަތުން ޕެންޝަނަށް އިތުރުވާ ފައިސާ ކުންފުނިން ލުމަށްފަހު، މުވައްޒަފުންނަށް ވަނީ މުސާރަ ބޮޑުކޮށްދީފައި ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.

އޭގެ އިތުރުން އެ އޮނިގަނޑުގެ ދަށުން އަހަރުން އަހަރަށް މުސާރަ އިތުރުވާނެ އިންކްރިމެންޓް ސިސްޓަމެއް ވެސް ގާއިމް ކުރެވިފައިވާ ކަމަށާއި މުވައްޒަފުންނާއި މަޝްވަރާ ކުރުމަށްފަހު މުވައްޒަފުންގެ އެދުމުގެ މަތިން ޝިފްޓް ޑިއުޓީއަށް ދެމުން ގެންދިޔަ އެލަވަންސް ކުރިންވެސް ދެމުން އައި ގޮތަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާ އޮނިގަނޑުގެ ދަށުން މުވައްޒަފުންނަށް ލިބޭ ބެނިފިޓްސް ޕެކޭޖް އިތުރުކޮށް އެ ކުންފުނިން ވަނީ އަލަށް އިންޝުއަރެންސް ޕެކޭޖެއް ވެސް ތައާރަފުކޮށްފަ އެވެ. އެ އިންޝުއަރެންސް ޕެކޭޖުގެ ދަށުން ކޮންމެ މުވައްޒަފަކަށް ވެސް 120،000 ރުފިޔާގެ ކަވަރޭޖެއް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގައުމުތަކުން ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވާކަމަށް އެ ކުންފުނިން ބުނެފައިމިވަނީ  މުވައްޒަފުންގެ މުސާރަ އުނިކޮށްފަިއވާކަމަށް ބުނެ އެމީޙުން މިއަދު މުޒާހަރާކޮށްފައި ވަނިކޮށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *