ރ. ދުވާފަރުގައި ގައުމީ ދިފާއީ ބަރުން ފެށި ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް
ރ. ދުވާފަރުގައި ގައުމީ ދިފާއީ ބަރުން ފެށި ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

ގައުމީ ދިފާއީ ބާރުން ރ. ދުވާފަރުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފް ނޮދަން އޭރިއާއިން އިސްނަގައިގެން ”އަމިއްލަ ސަލާމަތް- އަމިއްލަ ޝައުޤުގައި“ މިޝިޢާރުގެ ދަށުން ހިންގާ ހޭލުންތެރިކުރުމުގެ ރ.ދުވާފަރުގައި ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެއިން ފެށިގެން މިމަހު 18 ވަނަ ދުވަހުގެ ނިޔަލަށް ހިންގާ މިޕްރޮގުރާމުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވަމުން އަންނަ ކަމަށެވެ.

އަދި މިޕްރޮގްރާމުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކާއި ކުއްލި ހާލަތުގައި ފުރަތަމަ އެހީ ދޭނެ ގޮތްތައް ދަސްކޮށްދޭނެކަމަށާއި މީގެ އިތުރުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން ކުލާސްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ”އަމިއްލަ ސަލާމަތް- އަމިއްލަ ޝައުޤުގައި“ މިޝިއާރުގެ ދަށުން ހިންގާ މިޕްރޮގުރާމަކީ ސިލްސިލާކޮށް ނޮދަން އޭރިއާގެ ރަށްތަކުގައި ހިންގަމުން އަންނަ ޕްރޮގުރާމެއް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *