ދިރާގުން ވާވޭ ފޯނު ވިއްކަން ފެށުން -- ފޮޓޯ: ދިރާގު

ވާވޭގެ އެންމެ ފަހުގެ ފޯނު ދިރާގުން ވިއްކަން ފަށައިފި

ދުވަސް އެމްވީ

ވާވޭގެ އެންމެ ފަހުގެ ފޯނު ކަމަށްވާ ވާވޭ މޭޓް 20 އާއި 20 ޕްރޯ ދިރާގުން ވިއްކައި ފަށައިފި އެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދެ ފޯނު ލޯންޗު ކޮށްދެއްވީ ދިރާގުގެ ޑިޖިޓަލް ޓްރާސްފޯމޭޝަން ޑިރެކްޓަރު މުހައްމަދު މުސާދު އެވެ. ރޭގެ ރަސްމިއްޔާތުގެ ތެރެއިން އެންމެ ފުރަތަމަ ފޯނު ގަތީ ޕްރީ އޯޑަރު ދީފައިވާ ފަރާތެއް ކަމަށްވާ އިބްރާހިމް ހަސަން އެވެ.

ދިރާގުން ވާވޭ މޭޓް 20ގެ 128 ޖީބީގެ ފޯނެއް ވިއްކަނީ 10،999 ރުފިޔާ އެވެ. ވާވޭ މޭޓް 20 ޕްރޯގެ 128 ޖީބީ ވިއްކަނީ 15،999 ރުފިޔާއަށެވެ.

އިންސްޓޯލްމަންޓަށް ފޯނު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ވާވޭ 20 މޭޓްގެ އެޑްވާންސް ޕޭމަންޓަށް 2،999 ރުފިޔާ ދައްކަން ޖެހެ އެވެ. އޭރުން މަހަކު 988 ރުފިޔާ ދައްކާ ގޮތަށް ފޯނު ލިބެ އެވެ. އަދި މޭޓް 20 ޕްރޯ ލިބެނީ އެޑްވާންސަށް 2،999ރ ދެއްކުމަށް ފަހު މަހަކު 1،148 ދައްކާ ގޮތަށެވެ.

ދިރާގުން ބުނީ ދިރާގުން އެ ފޯނު ގަންނަ ކަސްޓަމަރުންނަށް ހަ މަސް ވަންދެން ހިލޭ ފަސް ޖީބީ ލިބޭނެ ކަމަށެވެ.

ވާވޭގެ މޭޓް 20 ފޯނު ގަންނަ މީހުންނަށް އިނާމެއްގެ ގޮތުގައި ސްމާޓް ފްލިޕް ފޯން ކަވަރެއް ލިބެ އެވެ. އަދި މޭޓް 20 ޕްރޯގެ ފޯނު ގަތުމުން ސްމާޓް ފްލިޕް ކަަވަރެއްގެ އިތުރުން ވަޔާލަސް ޗާޖަރެއް ހިލޭ ލިބޭނެ އެވެ.

ދިރާގުން ގަންނަ ވާވޭގެ މި ފޯނަށް އެއް އަހަރުގެ ވޮރެންޓީއެއް ވެސް ލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here