މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޭންފަށައިފި

ރިފްޝާން އަލީ

ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދް ސާލިޙް ގެ ސަރުކާރުން މިފްކޯއިން މަސްވެރިންނަށް ދަރާފައިވާ ދަރަނި އަދާކުރުމަށް ފައިސާ ހަވާލުކޮށްފައިވާތީ މިފްކޯއިން މަސްވެރިންނަށް ދަރާފައި އޮތް 37 މިލިއަން ރުފިޔާ ދައްކަން ފަށައިފިއެވެ.

ނޮވެމްބަރ މަހުގެ 28ވަނަ ދުވަހު ރައީސް ސާލިޙްގެ ސަރުކާރުން ވަނީ މިފްކޯއަށް މި ފައިސާތައް ހަވާލް ކޮށްފައެވެ. މިފްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިއްޔެ މެންދުރުން ފެށިގެން ފައިސާ ދޫކުރަން ފަށާފައިވާ ކަމަށާއި، މިއަދު ފެލިވަރުންވެސް މަސްވެރިންނަށް ފައިސާ ދޭނެ ކަމަށެވެ.

ދިވެހި ރާއްޖޭގެ މަސްވެރިންގެ ތެރެއިން މީޑިއާ އާއި އެންމެ ރައްްޓެހި ގެމަނަފުށީ މަސްވެރިންގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ފައިސާ ނުލިބި ހުރި ބިލްތަކަށް މިހާރު މިފްކޯއިން ފައިސާ ދީފައި ވާކަމަށެވެ.

މިފްކޯއަށް މާލީ މައްސަލަތަކެއް ކުރިމަތިވެ މަސްވެރިންނަށް ފައިސާ ނުދެވި ޝަކުވާތައް ބޮޑުވެފައި ވަނިކޮށް އެދަރަނި އަދާކުރުމަށް ސަރުކާރުން އެކުންފުންޏަށް 37 މިލިޔަން ރުފިޔާ ދިންކަން ހާމަކުރެއްވީވެސް ހުސްވި ނޮވެމްބަރު މަހުގެ ފަހުކޮޅު ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ގއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here