ޕްރިޔަންކާ އާއި ނިކް ކައިވެނި ހަފްލާގެ ތެރެއިން --

ޕްރިޔަންކާވެސް ނަން ބަދަލު ކުރީ ސޯނަމް ކުރިހެން!

ދުވަސް އެމްވީ

މިއަހަރަކީ ބޮލީވުޑްގެ ގިނަ ތަރިންތަކެއް ކައިވެނި ކުރަމުންދާ އަހަރެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ދީޕިކާ ޕަދުކޯން، ސޯނަމް ކަޕޫރު އަދި ޕްރިޔަންކާ ޗޯޕްރާގެ ކައިވެންޏެވެ.

މި ތަރިންގެ ކައިވެންޏަށް ފަހު ދިރިއުޅުމާއި ނަމަށް އަންނަ ބަދަލު ބަލަން ވަރަށް ގިނަ މީހުން ބޭނުންވެ އެވެ. ކައިވެންޏަށް ފަހު ދީޕިކާގެ ނަމަށް އަދި ބަދަލެއް ގެނެސްފައި ނުވި ނަމަވެސް ސޯނަމް ބުނެފައިވަނީ އޭނާގެ ނަމަށް ބަދަލު ގެނައީ ދިގު ބަހުސް އަކަށް ފަހު ފިރިމީހާ އަނަންދު އަހޫޖާ އާއި އެކު ވަރަށް ބޮޑަށް މަޝްވަރާ ކުރެވިގެން ކަމަށެވެ.

އެ މަޝްވަރާ އެއްކޮށް ނިމުނު އިރު ވަނީ ދެމީހުންނަށް ލިބޭ ދަރިއެއްގެ ނަމުގެ ފަހަތަށް އާއިލީ ނަން ގެންނާނެ ގޮތްވެސް ނިންމާފަ އެވެ. ސޯނަމް ކައިވެންޏަށް ފަހު ވަނީ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އޭނާގެ ނަން ސޯނަމް ކަޕޫރު އަހޫޖާ އަށް ބަދަލުކޮށްފައި އެވެ. އޭގެ ކުރިން އޭނާގެ ސަޕޯޓަރުން ހީކުރީ ކައިވެންޏަށް ފަހު ކިޔާނީ ސޯނަމް އަހޫޖާ ކަމަށެވެ.

މިފަހަރު ނަމަށް ބަދަލު ގެނައީ އެންމެ ފަހުން ކައިވެނި ކުރި ޕްރިޔަންކާ ޗޯޕްރާ އެވެ. އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ކައިވެނި ކުރުމަށް ފަހު ނަން ވަނީ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަށް ބަދަލު ކޮށްފައި އެވެ. އެކަން ހާމަކޮށްފައިވަނީ ޕްރިޔަންކާގެ ރަސްމީ އިންސްޓަގްރާމްގައި އެވެ.

މިމަހުގެ އެއް ވަނަ ދުވަހު ކުރި މި ކައިވެންޏަކީ އެތައް ބައެއްގެ ސަމާލުކަން ހޯދި ކައިވެންޏެވެ. މި ދެމީހުންވަނީ އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ކައިވެނި ކުރުމުގެ އިތުރުން ކްރިސްޓިއަން ކައިވެންޏެއްވެސް ކޮށްފަ އެވެ. އަދި މީހުންގެ ސަމާލުކަން ހޯދުމަށްވެސް އެ ކައިވެނީގައި އެތައް ކަމެއް ކޮށްފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އެހެންކަމުން އަދި ކުރިޔަށް އޮތްތާ މި ދެމަފިރިން ސަމާލުކަން ހޯދަން ބައެއް ކަންކަން ކުރާނެ ކަމަށް ބެލެވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here