އަހަރެން މަރާލަން އުޅުނީ ކާކުތޯ، އަދީބު ކުރެން ސާފު ކޮށްފިން: ޝައިނީ

ދުވަސް އެމްވީ

ރިޔާސީ ލޯންޗު ގޮއްވާލައިގެން ޑރ. މުހައްމަދު ޝައިނީ މަރާލަން އުޅުނީ ކާކުތޯ، އަދީބު ކުރެން ސާފުކޮށްފިން ކަމުގައި ކުރީގެ ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޝައިނީ ވިދާޅުވެފައިވަނީ ޒަމާންތަކަކަށްފަހު އަހްމަދު އަދީބާއި ބައްދަލުކޮށްފައިވާކަމަށާއި ލޯންޗު ގޮއްވާލައި އޭނާ މަރާލަން އުޅުނީ ކާކުކަން އަދީބު ކުރެން އޮޅުން ފިލުވާފައިވާކަމަށެވެ. އަދި އަދީބު ދެއްކި ވާހަކަ ގަބޫލުކުރަން ވަރަށް ފަސޭހަ ކަމުގައި ޝައިނީ ވިދާޅުވެފައިވެއެވެ.

ރިޔާސީ ލޯންޗު ގޮއްވާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ހުޅުލެއިން މާލެއަށް ދަތުރު ކުރި ރިޔާސީ ލޯންޗުކޮޅު އެއް ނަމްބަރު ފާލަމާއި ގާތް ކުރި ތަނުންނެވެ. އެ ހާދިސާ ހިނގި އިރު ރައީސްގެ ދެކަނބަލުންގެ އިތުރުން ޝައިނީވެސް ލޯންޗުކޮޅުގައި އިންނެވިއެވެ. ނަމަވެސް އެ ހާދިސާގައި ޝައިނީއަށް އަނިޔާވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here