ހޯރަ އިއްބެ ދޫކޮށްލައިފި

ރިފްޝާން އަލީ

މޯލްޑިވްސް ކަރެކްޝަން ސަރވިސް އިން އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިއަދު މިނިވަން ކޮށްފިއެވެ.

ހޯރައިއްބެ މިނިވަން ކޮށްފައިވަނީ މިއަދު ހެނދުނު 10:15 ހާއިރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވާ ގޮތުގައި ހޯރަ އިއްބެ ގެ މައްޗަށްކޮށްފައިވާ ހުކުމް ލުއިކޮށްދީފައިވަނީ 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުގެ ނިންމެވުމަށް ރިއާޔަތް ކޮށެވެ. މި ބޯޑުން ނިންމާފައިވަނީ ހޯރަ އިއްބެ 6 މަސް ދުވަހުގެ މުއްދަތަކަށް ގޭ ބަންދަށް ބަދަލުކުރުމަށެވެ.ނަމަވެސް ކުރީގެ ސަރުކާރުން މިކަމަށް އެއްވެސް އަމަލީ ސިފައެއް ގެނެސްފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ހޯރަ އިއްބެ ވަނީ ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީގެ މަގާމް އަދާ ކޮށްފައެވެ. އަދި އެމްޑީީގެ ގިނަ ހަރަކާތްތަކުގައިވެސް ައިވެރިވެފައެވެ.

ކުޑަ ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މައްސަލައެއްގައި ހޯރަ އިއްބެގެ މައްޗަށް ހުކުމް ކޮށްފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު އެވެ.

ކޮމެންޓް

  1. ރިޔާސީ ވަޢުދު ފަދައިން މާތް ﷲ ގަންދީ ކުރާ ރިޔާސީ ހުވަޔަށްވެސް ތެދުވެރި ނުވެވޭނަމަ ކުޑަކުދިންނާ ބެހުމުގެ ކުއްސާބިތުވެގެން ޙުކުމްތަންފީޒު ކުރާމީހަކު ދޫކޮއްލުމުން އެވާހަކަ ނޫސްތަކުގައި އެހާވަރަކަށް މި ޖަހަނީ ކީއްވެބާ؟:

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here