މާލެއަށް ރެކޯޑް އަދަދަކަށްް އިއްޔެ ވާރޭ ވެހިފައިވޭ : މެޓް އޮފީސް

ރިފްޝާން އަލީ

މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި ރެކޯޑް އަދަދަކަށް ވާރޭ ވެހިފައިވާކަމަށް މޫސުމާބެހޭ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

މާލެއަށް އިއްޔެ ވެހިފައިވަނީ 232 މިލި މީޓަރުގެ ވާރޭ ކަމަށް މި އިދާރާއިން ހާމަ ކުރެއެވެ. އަދި އެ އިދާރާއިން ހާމަ ކުރާ ގޮތުގައި މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑު އަތޮޅު ގަމަށެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މީޑިއާ އަށް ހާމަކުރި ގޮތުގައި 2015 ވަނަ އަހަރު ނޮވެމްބަރ މަހުގެ 24 ގައި ގަމަށް 228 މިލި މީޓަރުގެ ވާރޭވެހިފައިވާއިރު އިއްޔެ މާލެއަށް ވެހިފައިވަނީ 232 މިލި މީޓަރުގެ ވަރޭ ކަމަށް މާލޭގައި ހުންނަ އޮޓޮމެޓިކް ވެދާ ސްޓޭޝަނުން ދައްކައެވެ. އަދި އިއްޔެ ހުޅުލެއަށް ވެހިފައިވަނީ 120 މިލި މީޓަރުގެ ވާރޭ ކަމަށް ހުޅުލޭގައި ހުރި މެނުއަލް ސްޓޭޝަނުން ދައްކާ ކަމަށެވެ.

މި ވިއްސާރައަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވެފައި ރާއްޖޭގެ ސަރަހައްދުގައި ލޯ ޕްރެޝާ ޓްރަފެއް އުފެދިފައިވާތީ ކުރި ވިއްސާރައެކެވެ.

އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ތަފާތު ގެއްލުން ތަކެއް ވަނީ ލިބިފައެވެ. އެގޮތުން ގިނަ މަގުތަކެއްގައި ފެންބޮޑުވެ، ޕާކުކޮށްފައި ހުރި ގިނަ ސައިކަލުތަކެއް ވެއްޓި، ބައެއް ގެތަކަށް ފެންވަދެފައި ވެއެވެ. 160 އާއިލާއަކުން ވަނީ މި ހާދިސާގައި އެހީތެރިކަމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here