އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ކުރެއްވި އާދަމް އާޒިމް-- ފޮޓޯ: ވީނިއުސް

ފެން ކުންފުނީގެ އެމްޑީ ކަމަށް އާދަމް އާޒިމް

ދުވަސް އެމްވީ

ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

އެ މަގާމަށް ހަމަޖައްސާފައިވަނީ މ.ސީނުކަރަންކާގޭ އާދަމް އާޒިމް އެވެ.

އެކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވެފައިވަނީ އާޒިމް އެ މަގާމަށް ހަމަޖައްސާފައިވަނީ އިއްޔެއިން ފެށިގެން ކަމަށެވެ.

ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާޒިމް ހަމަޖައްސާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޓީއޯގެ އެމްޑިކަން އާޒިމް ކުރެއްވިއެވެ. އެސްޓީއޯގެ އެމްޑީކަން އާޒިމް ކުރެއްވި އިރު އޭނާ ވަނީ އެ ކުންފުންނަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާދެއްވާފައެވެ.

އާޒިމް އެސްޓީއޯގެ އެމްޑީ ކަމުގައި ހުންނެވިއިރު ހިންގި އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ ރަށްރަށުގައި އެސްޓީއޯގެ ބޭސްފިހާރަތައް ހުޅުވުމެވެ. އެ ޕްރޮޖެރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސްފިހާރަ ހުޅުވާފައިވެއެވެ.

ކޮމެންޓް

  1. ތިޔަހެން ނަހަދާށޭ.. ސަރުކާރުގެ އެސްއޯއީ ތަކަކީ ސިޔާސީ އުނދުޅިން ޖަގުލަރީ ކައްކާ ތަންތަނައް ހައްދަވަން ސިޔާސީ އެކްޓުވިިިިސްޓުންނާއި ލޯޔަލިސްޓުން ނުލާ.. ކުންފުނީގަ ގިނަ މުއްދަތައް ޚިދުމަތްކޮއްދީ މަތީތައުޅިމާއި ތަޖުރިބާ ލިބިފަތިބި ހަގީގަތުގައި ކަމައް އެކަށީގެންވާ މީހުން އައިޑެންޓިފައި ކޮއްފަ ސީއީއޯ ފަދަ މަގާމުތަކައް ލާބަލަ އިބުރާހިމާ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here