އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސެއިން އަމްރު

ދުވަސް އެމްވީ

ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

އެ މަގާމަށް ހަމަޖައްސާފައިވަނީ ގަލޮޅު ހައްދުންމަތީދެކުނުގޭ ހުސެއިން އަމްރުއެވެ.

އެކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަންގ ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވެފައިވަނީ އަމްރު އެ މަގާމަށް ހަމަޖައްސާފައިވަނީ އިއްޔެއިން ފެށިގެން ކަމަށެވެ.

އެ މަގާމަށް އަމްރު ހަމަޖައްސާފައިވާއިރު މީގެ ކުރިން އަމްރު ވަނީ އެމްޓީސީސީގެ ސީއީއޯކަން ކުރައްވާފައެވެ. އަމްރު އަކީ އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ މުގައްރިރުވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here