ބޮލުން އިސްތަށި ފައިބާ މައްސަލައަށް މުޖައްރިބު އަވަސް ހައްލެއް !

ދުވަސް އެމްވީ

ބޮލުން އިސްތަށި ފޭބުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވެފައިވާ ހައްލުކުރަން އުނދަގޫ މައްސަލައެކެވެ. މިމައްސަލަ ހައްލުވޭތޯ ތަފާތު އެތައް ޝޭމްޕޫތަކާއި ކުރީމާއި ތެޔޮ ބޭނުންކުރެއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ހައްލުވާހެން ހީވި ނަމަވެސް ދުވަސްކޮޅަކު ބޭނުން ކޮށްލުމުން އެނގެނީ އެއިން އެއްވެސް ކުރިއެރުމެއް ނުލިބޭކަމެވެ. ނޫނީ އިތުރަށް ގޯސްވީކަމެވެ. މި އާރޓިކަލްގައި ގެނަސްދޭ ފަރުވާއަކީ ވަރަށް ގިނަ ބަޔަކު ބޭނުން ކޮށްފައިވާ އަދި އަވަސް މުއްދަތެއްގެ ތެރޭގައި ނަތީޖާ ފެނިފައިވާ ފަރުވާއެކެވެ. އަދި މިއީއެހާމެ ފަސޭހައިން އަގުހެޔޮކޮށް ކުރެވޭނެ ފަރުވާއެކެވެ.

ބޭނުންވާ ތަކެތި:

ފިޔާ

ރޯ މާމުއި

ތައްޔާރު ކުރާނެ ގޮތް:

ފިޔާ ގާނާފައި ނުވަތަ މިކްސަރުން މުގުރާފައި ދިޔަފެލާށެވެ. އެއަށް ފެން އެއްނުކުރާށެވެ. އިސްތަށިގަނޑުގެ ބޯމިނާއި ދިގުމިނަށް ބަލައި ދިޔަ ބޭނުންވާނެވަރު ކަނޑައަޅާށެވެ. އަދި ކޮންމެ ބައި ޖޯޑެއްގެ ފިޔާ ދިޔަޔަށް ދެ ސައިސަމުސާ ރޯ މާމުއި އަޅާށެވެ. އަދި ރަނގަޅަށް ދޭތި އެއްކޮށްލާށެވެ.

ބޭނުން ކުރާނެ ގޮތް:

ބޯދޮވުމުގެ ގާތްގަނޑަކަށް އެއްގަޑީރު ކުރިން މި ދިޔަ އިސްތަށިތަކުގައި އުގުޅާށެވެ. އެންމެ ފަސޭހަގޮތަކީ ސްޕްރޭކުރާނެ ފުޅިއަކަށް އެޅުމަށްފަހު އިސްތަށިތަކުގެ ބުޑަށް ސްޕްރޭކޮށް ބޯ ކުޑަކޮށް މަސާޖުލޮށްލުމެވެ. މިކަމަށް ފުރަތަމަ އެއްކަންފަތާ ދިމާލުން ފަށާށެވެ. އަދި ފަހަރަކު އެއް އިންޗިއަށް ވާވަރަށް އިސްތަށިކޮޅެއް ނަގައި އޭގެ ބުޑަށް ރީތިކޮށް ސްޕްރޭކުރާށެވެ. މިގޮތަށް ފަހަރަކު އިންޗިއެއް ނަގަމުން އަނެއް ކަންފަތާ ހަމަޔަށް ދާއިރު ހުންނާނީ މުޅި އިސްތަށިގަނޑުގެ ބުޑުގައި ރީތިކޮށް މިބޭސް އުނގުޅިފައެވެ. އެއަށްފަހު ފަސްވަރަކަށް މިނެޓު ބޯމަސާޖު ކޮށްލާށެވެ. އަދި އެއްގަޑިއިރު ވަންދެން ބަހައްޓާފައި ޝޭންޕޫލައިގެން ރީތިކޮށް ދޮވެލާށެވެ.

ބޭނުންނަމަ އެއްގަޑީރަށްވުރެ އިތުރަށްވެސް ބެހެއްޓިދާނެއެވެ. ވަސްދުވާނެއެވެ. ބައެއް ބޭފުޅުން އޯކަށްވެސް ދެމޭނެއެވެ. ނަމަވެސް އެއްދުވަހުންވެސް ހައްލުފެންނަންފަށާކަމެއް ވަހަކާހެދި ހަމަ ނުކުރާނަމުތޯއެވެ؟ އިސްތަށިކޮޅު ތުނިވެ ކޮންމެ ދުވަހަކު ކުރާހިތާމަތަކުގެ ތެރޭގައި ބޮލުން އިސްތަށިފޭބުންވެސް ވާއިރު އަވަސް ހައްލެއް ހޯދުމާއި ތިބާއާއި މެދު ލެވޭ ފާރަކީ އޭގެން ދުވާ ވަސްކަމުގައި ހަދަނީތޯއެވެ؟

މީގެ ސަބަބުން ބޮލުގައި ހިފާ ވަސް ފިލުމަށް އާންމުގޮތެއްގައި ދެދުވަހެއްވަރު ނަގާނެއެވެ. މި ފަރުވާ ކުރަން ޖެހޭނީ ކޮންމެ ތިން ދުވަހަކުން އެއްދުވަހުއެވެ. ފުރަތަމަ ފަހަރުވެސް އިސްތަށި ފޭބުން މަދުކަން ފާހަގަވާނެއެވެ. އަދި މަސް ދުވަސް ތެރޭގައި އެއްކޮށްހެން އިސްތަށި ފޭބުމުގެ މައްސަލަ ހައްލުވާނެއެވެ. މިފަރުވާގެ ސަބަބުން އާއިސްތަށި ފެޅުމަށްވެސް ދިމާވެއެވެ. މީގެ ސަބަބުން އިސްތަށިގަނޑު ބޯވުމަށްވެސް މަގުފަހިވެއެވެ.

ފިޔާ

ފިޔާގައި ގިނައަދަދަކަށް ސަލްފަރ ހުރެއެވެ. ސަލްފަރ އަކީ އިސްތަށިގަނޑާއި ނިޔަފަތިތައް ވަރުގަދަ ކުރުމަށް އެހީވެދޭ މާއްދާއެކެވެ. އަދި ފިޔާގެ ސަބަބުން ލޭ އިތުރަށް ދިޔާވެއެވެ. މީގެ ސަބަބުން ލޭގެ ހިނގުން އިތުރަށް ރަނގަޅުވެ،  އިސްތަށިގަނޑަށް ބޭނުންވާ މާއްދާތަށް ލޭގެ ޒަރިއްޔާއިން ފޯރުކޮށްދިނުމަށް ފަސޭހަވެއެވެ. މީގެ އިތުރުން ފިޔާގައި ހިމެނޭ އެންޓިބެކްޓީރިއަލް އަދި އެންޓިފަންގަލް މާއްދާގެ ސަބަބުން ހަންފޮޅުން ފަދަ ބޮލުގެ ހަންގަނޑަށް ދިމާވާ އިންފެކްޝަން ތަކުން ސަލާމަތް ކޮށްދެއެވެ.

ރޯ މާމުއި

ރޯ މާމުޔަކީ ރާއްޖޭގެ އާންމު ފިހާރަތަކުގައި ވިއްކަން ހުންނަ އާދައިގެ މާމުތެއް ނޫނެވެ. ރޯ މާމުތަކީ ސީދާ މާމުއި ކުޅަނދުރުގެ ހަތާއިން ނަގައިފައިވާ އެއަށް އެއްވެސް އެއްޗެއް އެއްކޮށްފައި ނުވާ އަދި އެއްވެސް ގޮތެއް ހަދައިފައި ނުވާ މާމުތެވެ. މިއީ މުޅިން ސާފުކޮށް ހުންނަ މާމުތެއް ނޫނެވެ. މިމާމުތުގައި ކޮންމެވެސް ވަރަކަށް ކުނޑިހުރެއެވެ.  މި ފަދަ މާމުއި ފުޅީގެ ބޭރުގައި އެއީ ރޯ މާމުއި ކަމަށް ލިޔެފައި ހުންނާނެއެވެ. އެދެވޭ ފަދަ ނަތީޖާއެއް ފެންނާނީ މިފަދަ މާމުއި ބޭނުންކޮށްގެނެވެ.

މާމުތުގައި ހިމެނޭ ވިޓަމިނާއި މިނަރަލް ތަކުގެ ސަބަބުން އިސްތަށިތަށް ވަރުގަދަކޮށްދެއެވެ. އަދި އިސްތަށިގަނޑުގެ ތެޔޮކަން ހިފާއްޓައިދެއެވެ. މާމުތަކީވެސް ބޮލުގެ ހަންގަނޑުގެ އިންފެކްޝަންތަކުން ސަލާމަތްކޮށްދޭ އެއްޗެކެވެ. އަދި ހަންގަނޑު ދުޅަހެޔޮކޮށްދެއެވެ.

ރޯ މާމުއި ހޯދިދާނެ ބައެއް ތަންތަން:

ދިވެހި ބޭސްފިހާރަތައް

ޖިލްބާބް ފިހާރަތައް

މެސެޖް އޮފް އިސްލާމް

2 ކޮމެންޓް

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here