ބަނޑިދޫގައި ހިނގި އަލިފާނުގެ ހާދިސާ -- ފޮޓޯ: ޓުވިޓާ
ބަނޑިދޫގައި ހިނގި އަލިފާނުގެ ހާދިސާ -- ފޮޓޯ: ޓުވިޓާ

ބަނޑިދޫ ބަނދަރުހަދަން ބޭނުން ކުރި އެކްސްކަވޭޓަރުގައި އަލިފާން ރޯވެ އަނދައިފި

ދ. ބަނޑިދޫ ބަނދަރު ހެދުމުގެ މަސައްކަތުގައި ބޭނުން ކުރަމުން ދިޔަ އެކްސްކަވޭޓަރެއްގައި އަލިފާން ރޯވެ، އަނދައި ހުލިވެއްޖެއެވެ.

ބަނޑިދޫ ކައުންސިލުން ބުނީ އެހާދިސާ ހިނގީ މިއަދު ހެނދުނު 07:30 އެހާކަށް ހާއިރު ކަމަށެވެ. ނަމަވެސް އެހާދިސާގައި އަލިފާން ރޯވި އެކްސްކަވޭޓަރު އޮޕަރޭޓް ކުރަން އިން މީހާއަށް ކަމެއް ނުވެ، ސަލާމަތް ވި ކަމަށެވެ.

މި ހާދިސާގައި އެކްސްކަވޭޓަރު ވަނީ ބޭޏުން ނުކުރެވޭވަރަށް ހަލާކުވެފައ އެވެ. އަލިފާން ރޯވުމާއި އެކު އޭގައި އިން މީހާ ވަނީ ފުންމާލާފަ އެވެ. އަލިފާން ރޯވެ އަނދާފައިވަނީ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އެކްސްކަވޭޓަރެއްގައި އެވެ.

ހާދިސާ ހިނގަން މެދުވެރިު ސަބަބު ހޯދުމަށް އެމްއެންޑީއެފުން މިހާރު ދަނީ ބަނޑިދޫގައި ހަރަކާތްތެރިވަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *