ޓްވިޓާ މެދުވެރިކޮށް ކުޅުންތެރިން އެދުނު ކަންތައް އެންމެ ހަ ދުވަސް މަހްލޫފް ކޮށްދެއްވައިފި

ދުވަސް އެމްވީ

ޤައުމީ ނެޓްބޯޅަ ޓީމުން ޓްވިޓާ މެދުވެރިކޮށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހްލޫފް ކުރެން އެދުނު ކަންތައް އެންމެ ހަ ދުވަސސް ތެރޭގައި ކޮށްދެއްވައިފިއެވެ.

އެގޮތުން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2017 އިން ފެށިގެން ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިން ޕްރެކްޓިސް ކުރަމުންދިޔަ ކޯޓުގައި އަލިކަމެއް ނެތްކަމަށެވެ. އަދި އެކަން މިދިޔަ އަންގާރަ ދުވަހު އޭނާގެ ސަމާލުކަމަށް ޓްވިޓާ މެދުވެރިކޮށް ގެނެސްފައިވާކަމަށް ބުނެފައިވެއެވެ.

“އެ ލައިޓްތައް މިހާރު ވާނީ މަރާމާތު ކުރެވިފައި، މިކަން އުފަލާއެކު ދަންނަވަން” ފޮޓޯތަކާއެކު މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެކަން މިނިސްޓަރު މަހްލޫފް ހައްލުކޮށްދެއްވާފައިވާއިރު ރައީސް ޞާލިޙްގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ގިނަ ވަޒީރުން ފެންނަނީ ސޯޝަލް މީޑިއާގައި، އާއްމު ރައްޔިތުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ މިނިސްޓަރުންތަކެއްގެ ގޮތުގައެވެ.

ކޮމެންޓް

  1. ފުރަތަމަ 3 ނޫނީ 4 މަހު ތިޔަހެން އުޅެލާފއި ދެން ކަންކަން ނުކުރެވެންފެށީމަ ބުނާނީ ބާ އެޕޮިނޓްމެންޓް އެއްހަފތާކުރިން ހަދައިގެންނޭ މިނިސްތަރާއް ކަމެއް ހުށައަޅަންވަނީ ނުނީ ރަސްމީކޮއްސިޓީލީމަ އޭ ތިޔަކމައް ޖަވާބުދެވޭނީ

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here