ރާއްޖެ މިނިވަންވިތާ 50 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން ބަކަރި ކަތިލާ ސަދަގާތްކޮށް ހާއްސަ ދުއާއެއް ކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާތީ ބައެއް ދީނީ އިލްމުވެރިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކަންބޮޑުވެލެއްވި ބައެއް ދީނީ އިލްމުވެރިންގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އަދާލަތު ޕާޓީގެ ނިންމުމަށް ތާއީދުކޮށް މިދިޔަ ހަފްތާގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން އިސްތިއުފާދެއްވި މުހައްމަދު ދީދީ ހިމެނެ އެވެ.
އެކަން އެއީ ބައިވެރިވުން ރަނގަޅު ނޫންކަމެއްކަމަށް ވިދާޅުވެ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ، އަމިއްލަ ފޭސް ބުކް ޕޭޖް ގައި 30 މާޗް އިން ފެށިގެން މާލޭ ގެ މަގު ތަކުގައި ޕިކަޕެއްގައި އަޑު ގަދަ ކުރާ އަކުން ގޮވަމުން މިދާ ގޮވެއްޔާ މެދު ވިސްނާ ލެއްވިީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންތޯ ސުވާލު ކުރައްވާފައި ވެއެވެ.
ބާރީ ވިދާޅުވެއފައިވަނީ މި ގޮވެއްޔެއް މި ގޮވަނީ ކޮން ފަރާތަކުން ކަމެއްވެސް އެފަރާތަކުން ބުނެފައި ނުވާ އިރު، ނަމާދެއް ކޮށްފައި ދުއާއެއް ކުރާ ވާހަކަ އަކާއި ”ސަދަގާތެއް“ ކުރާ ވާހަކަ އެއް ގޮވާ ކަމަށެވެ. އަދި އެ ފަދަ ބިދުއަ ވެރި ކަންކަމަށް ސަމާލްވުމަށް ޑރ.ބާރީ ވަނީ އެދިވަޑައިގަންނަވާފައެވެ.
ޝެއިހް އިމްރާން ރޭ ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިނިވަން 50 އާއި ގުޅިގެން ބަކަރި ކަތިލިޔަސް ގެރި ކަތިލިޔަސް ޖަމަލު ކަތިލިޔަސް ދީނީ ކަމަކަށް އެކަން ވާނެ ގޮތެއް ހަމަ ނުވިސްނޭ ކަމަށާއި އެކަމަށް ފަތުވާ ބޭނުންވާ ކަމަށެވެ. އަދި އެއީ ދީނީ ކަމެއްތޯ ނުވަތަ ސިޔާސީ ކަމެއްތޯވެސް ސުވާލުކުރެއްވިއެވެ.
މީގެ އިތުރުން ޝެއިހް މުހަންމަދު ދީދީ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ބަކަރި ކަތިލާ ދުވަހާއި ނަސާރާއިން އުފާ ފާޅު ކުރާ ދުވަހަކީ ހަމަ އެއް ދުވަހެއްތޯ ސުވާލު ކުރައްވާފައިވެއެވެ.
ހޯމް މިނިސްޓްރީން ބުނެފައިވަނީ މިނިވަން 50 ގުޅުވައިގެން ހާއްސަ ދުއާއެއް އަންނަ ހުކުރު ދުވަހުގެ އިޝާ ނަމާދަށް ފަހު މާފަންނު ސްޓޭޑިއަމްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެ ދުއާއަށްފަހު ބަކަރި ކަތިލާ ސަދަގާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
One Response
shaheem n sameem kiyaa acheh ves jehi nama ehnun thee ga drkolhuves fanunees