މަސްތުވާތަކެއްޗާއެކު 4 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއިއެކު 04 ފިރިހެނުން ކ.މާފުށިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ދެ ފިރިހެނުންނާއި، 21 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި 04 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވަނީ މާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކޯޓް އަމުރެއްގެދަށުން ގެއެއް ބަލާފާސްކުރިއިރު އެކޮޓަރީގައި ތިއްބައި ކަމަށާއި އެ ކޮޓަރި ބަލައި ފާސްކުރިއިރު ކޮޓަރި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 02 ސެލޯފިން ކޮޅާއި މަސްތުވުމަށްޓަކައި ބޭނުންކުރުމަށް ތައްޔާރު ކޮށްފައިވާ ބައެއް ސާމާނާއި، އަންދާފައިހުރި ފޮއިލް ކޮޅުކޮޅާއި، ބަނގުރާ ހުސްކުރި ފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން މިމައްސަލާގައި ހިމެނޭ 19 އަހަރުގެ މީހަކަށް 7 ދުވަސް އަނެއް 3 މީހުން 10 ދުވަހުގެ މުއްދަތަށް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން މުއްދަތު ދީފައިވާކަމަށެވެ..

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *