މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގައި ޓްރެފިކް ފުލުހަކު ހަރަކާތްތެރި ވަނީ - ޕޮލިސް ފައިލް ފޮޓޯ
މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމުގައި ޓްރެފިކް ފުލުހަކު ހަރަކާތްތެރި ވަނީ - ޕޮލިސް ފައިލް ފޮޓޯ

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކާއި ފުލުހުންގެ ދައުރަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އަމުރަށް ނުކިޔަމަންތެރިވި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 38 އަހަރުގެ ފިރިހެނެކެވެ. އަދި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައާއި ގުޅިގެން ފުލުހުންގެ ފެލުމުގެ ދަށަށް ގެނެސްފައިވަނީ 27 އަހަރުގެ ފިރިހެނެކެވެ.

މިއަދު ހެނދުނު 11:00 ހާއިރު ބޮޑުތަކުރުފާނު މަގު ފޮރިން މިނިސްޓްރީ ކައިރިން 38 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އޭނާ ދުއްވި ސައިކަލް ގަވާއިދާ ޚިލާފަށް ޕާރކު ކޮށްފައި ހުރުމުގެ ސަބަބުން ލައިސަންސް ދެއްކުމަށް ފުލުހުން އެދުމުން ލައިސަންސް ނުދައްކާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މައްސަލައާއި ގުޅިގެންނެވެ.

މީގެ އިތުރުން 27 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިއަދު 10:00 ހާއިރު އޯކިޑްމަގު އެސްޓީއޯ ޓްރޭޑް ސެންޓަރ ކައިރިން ދުއްދާފައި ދިޔަ ޓްރެފިކް ފުލުހުންގެ ސައިކަލުގެ ކުރިމައްޗަށް އަރާ ފުލުހުންނަށް ކުރިޔަށް ނުދެވޭގޮތަށް ހުރަސް އެޅުމާއި ގުޅިގެންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *