ރަންބީރާއި ކެތްރީނާ- ކައިވެނީގެ ކުރިން ދެ ތަރިން ވަނީ އެއް ގެއެއްގައި ދިރިއުޅެން ފަށާފައި
ރަންބީރާއި ކެތްރީނާ- ކައިވެނީގެ ކުރިން ދެ ތަރިން ވަނީ އެއް ގެއެއްގައި ދިރިއުޅެން ފަށާފައި

ރަންބީރު ނޫސްވެރިންތަކެއްގެ ފަހަތުން ދުވެފި

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ދިރިއުޅޭގޮތް ބަލައި، ވީޑިއޯކޮށް ފޮޓޯ ނަގާ ހަދަން އުޅުނު ނޫސްވެރިންތަކަކަށް ރަންބީރު ލަނޑެއް ދީފިއެވެ.

އެ ދެތަރިން ރައްޓެހިވެގެން އިންނަން އުޅޭ ކަމުގެ ހަބަރުތައް ފެތުރިފައިވަނިކޮށް ކުއްލިއަކަށް އަގުބޮޑު އެޕާޓަމްނަޓްކަށް ބަދަލުވުމުން ނޫސްވެރިން ދަނީ އެދެމީހުން އެކުގައި ގޭގައި ދިރިއުޅޭތަން ފޮޓޯ ނަގާ ވިޑިއޯ ކުރުމަށް 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމީހުން ފިލާ ތިބެ އެދެމީހުން އެކުގައި ގޭތެރޭގައި އުޅޭ ނޫޅޭގޮތް ބެލުމަށް މަސައްކަތް ކުރަމުންދާއިރު، ރަންބީރާއި ކެޓްރީނާ އެކުގައި ބޭރަށް ދޭތޯވެސް ތިބެނީ ބަލާށެވެ.

އެހެން ނަމަވެސް މިހާތަނަށް ނޫސްވެރިންނަށް ލިބިފައިވަނީ އެ ދީހުންގެ ވަރަށް މަދު ފޮޓޯ ކޮޅަކާއި ވީޑިއޯ ފުޓޭޖް ކޮޅެކެވެ. މިހެން އުޅެނިކޮށް ރަންބީރާއި ކެޓްރީނާ ބޭރަށް ގޮސް އައިސް ގެއަށް ވަންނަތަން ފެނުމުން ފަހަތުން ގޮސް ޓީވީޗެނަލެއްގެ ނޫސްވެރިންތަކެއް ވީޑިއޯ ކުރަން ފެށުމުން ރަންބީރު ވަނީ އެ ނޫސްވެރިޔާ ފަހަތުން ދުއްވައި ގަނެފައެވެ. ވަރަށް ދުރަށް ދުވުމުންވެސް އޭނާ އަތުނުވުމުން އެނބުރި ގެއަށް އައިސް ވަންނަނިކޮށް އެ ޗެނަލްގެ ކާރު އެތާ އޮއްވަ ފެނުމުން ގޮސް ކާރު ތެރޭގައި އޮތް އިކުއިޕްމެންޓްތަކާއި ކެމެރާމަންގެ ދަބަސް ވަނީ ރަންބީރު ގެންގޮސްފައި އެވެ.

ރިޕޯޓުތައް ބުނާގޮތުން މިއީ ރަންބީރު ނޫސްވެރިންނާ ދޭތެރޭ މިފަދަ ގޮތަކަށް ކަންތައްކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އެދެމީހުންގެ ގުޅުމާއި ބެހޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ރަންބީރު ވަނީ ނުބެހޭ ކަންތައްތަކާއި ނުބެހުމަށް ނޫސްވެރިއަކަށް އަންގާފައި އެވެ.

އެ ދެތަރިން އިނުމުގެ ކުރިން އެއްގެއެއްގައި މިހާރު އުޅެމުންދާއިރު އެ އެޕާޓްމަންޓަށް މަހަކު 15 ލައްކަ އިންޑިއަން ރުޕީސް ދައްކަން ޖެހެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *