ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހީން މިއާ (29އ) ގެ މަރުގެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ޝާހީން މިއާ މަރުވެފައިވަނީ، 2015 މާރޗް 22 ވަނަ ދުވަހުގެ ފަތިހު 04:00 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާ މަސައްކަތް ކުރާ ކެފޭ ތެރެއަށް ވަދެ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުންނެވެ.