މަހުލޫފު
މަހުލޫފު

މަހުލޫފު ގޭ ބަންދަށް ބަދަލުކޮށްފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

އޭނާ ގޭބަންދަން ބަދަލުކޮށްފައި ވަނީ ކުރިން ކޯޓުން ޖަހައިދިން ފަސް ދުވަހުގެ ބަންދުގެ މުއްދަތު މާދަމާއަށް ހަމަވާތީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުންނެވެ. މަހުލޫފު ގޭބަންދަށް ބަދަލުކޮށްފައި ވަނީވެސް ފަސް ދުވަހަށެވެ.

މަހުލޫފް ހައްޔަރުކޮށްފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ބެރިކޭޑުތައް ފަޅާލި ކަމުގެ ތުހުމަތުގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ގޭބަންދަށް ބަދަލު ކުރީ މިއަދު މުއްދަތު ޖެހުމަށް ބޭއްވި ޝަރީއަތުގައި ކޯޓުން ހުށަހެޅި ޝަރުތުތަކަށް މަހުލޫފު އެއްބަސް ނުވުމުންނެވެ.

މުޒާހަރާތެރެއިން ހައްޔަރު ކުރުމަށް ފަހު އޭނާ ބަހައްޓާފައި ހުރީ ދޫނިދޫގައި އެވެ. މަހުލޫފުގެ އަންހެނުން އިއްޔެ ވިދާޅުވެފައިވަނީ ދޫނިދޫގައި މަހުލޫފާއި ދޭތެރޭ އަމަލު ކުރެވެމުންދަނީ އެހެން މީހުންނާއި ތަފާތުކޮށް އިހާނެތިކޮށް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *