މާފުށި ޖަލުން ފިލައިގެން ނިކުތް ނުރައްކާތެރި ދެ ކުށްވެރިން ކަމުގައިވާ ގ. ކޯޒީ، އިބްރާހީމް ޝަހުމް އާދަމް އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ، ފަރިޔާޝް އަހްމަދު ފިލުވައިގެން ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެމީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު 13 ވަނަ ދުވަހު ހަމަވެފައިވާއިރު އެމީހާގެ ބަންދުގެ މުއްދަތަށް 5 ދުވަސް އިތުރު ކޮށްދީފައިވާކަމަށެވެ. އަދި 8 ވަނަ ދުވަހު މުއްދަތު ހަމަވި މީހާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ކޯޓުން ޖަހައިދީފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލައިގާ ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއް ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 20 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަތަކުގެ އިތުރުން މަރުގެ އިންޒާރުދީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.