ޓީމް ގޯ ލައިވް، ދިރާގުގެ އިވެންޓެއް ލައިވް ކުރުމުގައި --

އިވެންޓެއް ލައިވް ކުރަން ބޭނުންތަ! ގޯ ލައިވް އަކީ ސަޅި ހައްލެއް

ދުވަސް އެމްވީ

ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ލައިވް ސްޓްރީމް ކުރުންފަދަ ޙިދުމަތްތަކަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ދެމުން އަންނަ ޙިދުމަތްތަކެކެވެ. އިވެންޓެއް ވަގުތުން ދުރަށް ދައްކަން ބޭނުންވެފައި، އެހެންނަމަވެސް އެކަމަށް ހިނގާ ހަރަދުގެ ބޮޑުކަމުން އެކަން ނުކުރެވިފައި ތިބި ކުންފުނިތަށް އެތައްބައިވަރު އެބަހުއްޓެވެ. މިފަދަ ކުންފުނިތަކާއި އަމިއްލަފަރާތްތަކަށް މިހާރު މިވަނީ ހައްލެއްލިބިފައެވެ.  މިކަން އެ ފަރާތްތަކަށް ތަނަވަސްކޮއްދިނުމުގެ މޭސްތިރިއަކީ “ގޯ ލައިވް ޕްރައިވެޓް ލިމިޓެޑް” އެވެ.

“ގޯ ލައިވް”ގެ ޙިދުމަތް ފަށައިގެން މިޙިދުމަތް ދިވެހި މާކެޓަށް ތަޢާރަފްކޮށް ދޮޅުމަސްތެރޭ ބޮޑެތި ކުރިއެރުންތަކެއް ހޯދައި، މި ކަމަކީ ދިވެހިން ނުހަނު ބޭނުން ވެފައިވާކަމެއްކަން މި ވަނީ މި ފަރާތްތަކުން ސާބިތުކޮއްދީފައެވެ. މިކަމަށް ކުރިމަގު އެބައޮތްކަން ސާބިތު ކޮށްދިނުމުގެ ފަހަތުގައި އުޅެނީ ޒުވާން ދެރަހުމަތްތެރިންނެވެ. ކޮންސްޓްރަކްޝަން ދާއިރާގެ އެންމެ ފުންނާބުއުސް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ނަލަހިޔާ ހޯލްޑިންގެ ކޯޕަރޭޓް އައި. ސީ. ޓީ. ޑިޕާރޓްމަންޓްގެ އެގްޒެކެޓިވް މެނޭޖަރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޢަލީ ޢަބްދުﷲ އަކީ މި ކާމިޔާބު މަސައްކަތް ރާއްޖެއަށް ތަޢާރަފް ކުރުމުގެ އެއް މޭސްތިރިއެވެ. މިޙިދުމަތް ކާމިޔާބުކަމާއިއެކު ތަޢާރަފު ކުރުމުގައި ޢަލީ ގެ ބައިވެރިޔަކީ ވީޑިއޯގްރަފީގައި ބޮޑެތި މަސައްކަތްތަކެއްކޮށް އަދި މިހާރުވެސް ޕާރޓްޓައިމް ވީޑިއޯގްރާފާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުހައްމަދު ޝާރިގް އެވެ.

މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި “ގޯ ލައިވް” އިން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ކަމުގައިވާ، “ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2018” ގެ ލައިވް ސްޓްރީމް ޕާރޓްނަރައަކަށް ހަމަޖައްސާފައި ވާކަން ދިރާގުން އިއުލާންކުރި ކުރުމެވެ. މީގެ އިތުރުންވެސް ފަހަކަށްއައިސް ދިރާގުން ބޭއްވި ހުރިހާ ބޮޑެތި އިވެންޓްތަކެއް މީސްމީޑިއާ މެދުވެރިކޮށް ވަގުތުން ދުރަށްދެއްކުމުގެ ޙިދުމަތް ދީފައިވަނީވެސް “ގޯ ލައިވް”ގެ ފަރާތުންކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި ދިރާގުން އިންތިޒާމުކޮށްގެން ބޭއްވި “އަ ގެދަރިންގ ފޯ ކޮފީ ލަވާރސް”، “އައިފޯން އެކްސް އެސް ލޯންޗިންގ”، “ސެމްސަންގ ނޯޓް 9 ލޯންޗިންގ” ފަދަ އިވެންޓްތައް ފާހަގަކޮށްލެވެއެވެ.

“ގޯ ލައިވް” އިން ދެމުންގެންދާ ޙިދުމަތްތަކުގެ ތެރޭގައި މީސްމީޑިއާގައި އިވެންޓްތަކާއި ޙަފްލާތައް އެއް ކެމެރާއަށްވުރެ ގިނަ ކެމެރާ މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކުމާއި، އައުޓްޑޯ އިވެންޓްތައް ދުރަށް ދެއްކުމުގައި ޑްރޯން މެދުވެރިކޮށް ހިދުމަތް ހޯދާފަރާތުން ބޭނުންފުޅުވާ ގޮތަކަށް ވީޑިޔޯ ނެގުމާއި، އިވެންޓްތަކުގެ އުސްއަލިތައް ތައްޔާރުކޮށްދިނުމާއި، އިވެންޓްތަކުގެ ފޮޓޯ ނަގައިދިނުމުގެ ހިދުމަތްހިމެނެއެވެ. މީގެ އިތުރުން، އަމިއްލަ ފަރާތްތަކާއި އެކި ކުންފުނި ތަކަށް ނެޓްވޯކް އަޅައިދިނުމާއި، ސީސީޓީވީ ކެމެރާ އަދި ސެކިއުރިޓީ ޑޯފޯން ސިސްޓަމްތައް ހަރުކޮށްދިނުންފަދަ މަސައްކަތްތައްވެސް “ގޯ ލައިވް” ފުރާޅުގެ ދަށުން ދަނީ ހިންގަމުންނެވެ.

އެންމެ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ދިވެހިރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ހަތް ޖަމިއްޔާއަކަށް “ގޯ ލައިވް” ގެ ފަރާތުން އެ ޖަމިއްޔާތަކުގެ އިވެންޓްތައް ހިލޭ ދުރަށް ދެއްކުމުގެ ޙިދުމަތްދޭން ނިންމާފައިވަ ނިންމުމެވެ. މިކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާއިރު “ގޯ ލައިވް” އިން ވަނީ “ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް” ގެ ފަރާތުން ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކާއި، “ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް” ގެ ފަރާތުން ބޭއްވި “އެނުއަލް ފަންޑް ރެއިޒިންގ ގާލާ ޑިނާ” ވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ވަގުތުން ދުރަށް ދައްކައިދީފައެވެ. މިޙިދުމަތުގެ ސަބަބުން މިފަދަ ޖަމިއްޔާތަކުން އިންތިޒާމުކުރާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް މުޅިރާއްޖެއަށް ފެނިގެންދިއުމަކީ ހުރިހާ ދިވެހިންނަށް ލިބިގެން ދާނެ ވަރަށް ބޮޑު މަންފާއަކަށް ވާނެ ކަމުގެ އުންމީދު ގޯ ލައިވް އިން ކުރެއެވެ.

މިފަދަ ޙިދުމަތެއް ރާއްޖެއަށް ތަޢާރަފުކުރާއިރު “ގޯ ލައިވް” ގެ އަމާޒަކީ ޓީވީ ޗެނަލްތަކުން އެކިއެކި ސަބަބުތަކާއިހެދި ވަގުތުން ދުރަށް ގެނެސްނުދެވޭ ހަފްލާތަކާއި އިވެންޓްތައް އިންތިޒާމުކުރާ ފަރާތްތަކަށް ފަސޭހަ އަދި އަގުހެޔޮ ހައްލެއް ލިބިގެންދިއުން ކަމުގައި ގޯ ލައިވް އިން ބުނެއެވެ.

ގޯލައިވްގެ ހޮޓްލައިން ނަމްބަރަކީ 9990961 އެވެ. އީމެއިލްގެ ޒަރީއާއިން ކޮންޓެކްޓް ކުރަން ބޭނުންފުޅު ނަމަ [email protected]  އަށް މެއިލް އެއް ކޮށްލަދެއްވާށެވެ. ގޯލައިވްގެ ފޭސްބުކް ޕޭޖްގެ ލިންކަކީ Facebook.com/golivemv އެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here