މަސީހު ބޭރުކޮށްފިނަމަ މަޖިލީސް ރައީސް ކަމަށް ވާދަކުރާނަން: އަދުރޭ

ދުވަސް އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު ބޭރުކޮށްފިނަމަ އެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އަދުރޭ މި މޭރުމުން ޓްވީޓެއް މިއަދު ކުރައްވާފައިވާއިރު މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ މަޖިލީހަށް ވައްދާފައެވެ. މަޖިލީހަށް އެ މައްސަލަ ވައްދާފައިވަނީ ޖުމްލަ 51 މެމްބަރުންގެ ސޮޔާއެކުގައެވެ. ސޮއިކުރި މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ 14 މެމްބަރަކުވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here