މަސީހު ބޭރު ކުރަން ޕީޕީއެމްގެ 14 ސޮއި

ދުވަސް އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު އެ މައްސަލައިގާ ޕީޕީއެމްގެ 14 މެމްބަރަކުވެސް ސޮއިކޮށްފިއެވެ.

އެ ސާދަ މެމްބަރުންނަކީ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި ވެލިދޫ ދާއިގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީއާއި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ އިތުރުންފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހިމެނެއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ 51 މެމްބަރުންގެ ސޮޔާއި އެކުގައެވެ. އެ 51 މެމްބަރުންގެ ތެރޭގައި، ސުޕްރީމް ކޯޓުގައި މައްސަލަ އޮތް މެމްބަރުން ހިމަނާފައިނުވާނެ ކަމަށް އިދިކޮޅުން ބުނެއެވެ. މިއީ ފާއިތުވި ދޮޅު އަހަރުގެ މުއްދަތުގެ ތެރޭގައި މަސީހު ބޭރުކުރަން އިދިކޮޅުން މަސައްކަތް ކުރާ ތިންވަނަ ފަހަރެވެ. މީގެ ކުރިން ދެފަހަރު އޮތީ ކާމިޔާބު ނުވެއެވެ. އެންމެ ފަހުން ކުރި މަސައްކަތް ނިމުނީ 12 މެމްބަރެއްގެ ގޮނޑި ގެއްލިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here