ސްޓާޓް-އަޕްތަކަށް ހާއްސަ ބިޒްނަސް ޑެވެލޮޕްމަން ޕްރޮގްރާމް، ނިރު އެކްސެލެރެޓަރގެ ދެވަނަ ފިޔަވަހި ފަށައިފި

ދުވަސް އެމްވީ

ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހޯދައިދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމްގެ ދެވަނަ މަރުހަލާ މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް އީޖާދީ ޚިޔާލުތަކަށް އިންވެސްޓްކޮށް، ވިޔަފާރި ތަރައްޤީ ކުރުމަށް އެހީތެރިވެދެއެވެ.

އުރީދޫ އާއި ޑައިލޮގް އެކްސިއާޓަރ ޕލސ. ގެ އައިޑިއާމާޓް ގުޅިގެން ކުރިއަށްގެންދިޔަ ނިރު ހެކަތަންގައި ވާދަކޮށް ހޮވުނު ހަތަރު ޓީމްގެ ބައިވެރިވުމާއި އެކު، ބާރަ ހަފްތާގެ އިންޓެންސިވް މެންޓަޝިޕް ޕްރޮގްރާމެއް މިއަދު ވަނީ ފަށައިފައެވެ. ނިރުގެ ބައިވެރިންނަށް ހާއްސަ ހެޑްކުއާޓަރސްގައި ބޭއްވޭ މި ޓްރެއިނިންގެ އިތުރުން، އެކްސެލެރޭޓަރަށް ހޮވާލެވުނު ޓީމްތަކަށް ސީޑް ފަންޑިންގް، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕާޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެ ކަމުގައި އުރީދޫން ހާމަކުރެއެވެ.

“ނިރު އެކްސެލެރޭޓަރ ޕްރޮގްރާމަށް ހޮވިފައިވާ ހަތަރު ޓީމަށް ނިރު ހެޑްކުއާޓަރޒް އަށް މަރުޙަބާ ކިޔައި، އެ ބައިވެރިންގެ ވިޔަފާރިތައް ބިނާ ކުރުމަށް ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭގައި އެހީތެރިވެދޭނެ މެންޓަރޝިޕް ޕްރޮގްރާމް ފެށިގެންދިއުމާއި އެކު، މިއަދަކީ ވަރަށް ހާއްސަ ދުވަހެއް. ދިވެހި ރައްޔިތުންގެ ހަޔާތަށް އިތުރު ފަސޭހަކަމާއި ކުރިއެރުން ގެނެސްދޭނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކުރުމަށް މި ހުނަރުވެރި ޓީމްތަކުން ކުރާ ބުރަ މަސައްކަތަށް، އެހީތެރިކަން ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ޝަރަފެއް.” އުރީދޫގެ ސީއީއޯ، ނަޖީބް ހާން ވިދާޅުވިއެވެ.

ނިރު އެކްސެލެރޭޓާރގައި ބައިވެރިވުމަށް ފުރުސަތު ލިބިފައިވާ ހަތަރު ޓީމަކީ:

  • ކައުރީ: މާލީ ކަންކަމާއި ބެހޭ ސުވާލުތަކަށް، ފަސޭހައިން ދޭހަވާނޭ ގޮތަށް ޖަވާބު ފޯރުކޮށްދޭ ޗެޓްބޮޓެއް.
  • ކުނބު: ފަސޭހަކަމާއި އެކު އުޅަނދުތައް ހޯދައި، ދަތުރުތަކަށް ޓިކެޓްނަގައި، އުޅަނދުތައް ކުއްޔަށް ނެގުމަށް ބޭނުންކުރާނެ ސެންޓްރަލައިޒް ކޮށްފައިވާ ސީ ޓްރާންސްފާ މެނޭޖްމަންޓް ސިސްޓަމެއް.
  • ޖަވާބު އެކެޑެމީ: ޖޯގްރަފީގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އޮންލައިންކޮށް ދިވެހިބަހުން ކިޔަވައިދޭ ޕްލެޓްފޯމެއް.
  • ފްލޯބޯ: އިންޓެގްރޭޓެޑް ލޮޖިސްޓިކްސް އަދި ސަޕްލައި ސޮލިއުޝަންތައް ފޯރުކޮށްދޭ ބީ2ބީ ޕްލެޓްފޯމެއް.

ބާރަ ހަފްތާގެ ޓްރެއިނިންގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށާއި އަދި ނިރު އެކްސެލެރޭޓަރު ފުރިހަމަކުރުމަށް ފަހުވެސް، ދިގުމުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނާޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެ ކަމުގައި އުރީދޫން ފާހަގަކުރެއެވެ.

ޑިޖިޓަލް ދުނިޔޭގައި ބައިވެރިވުން އިތުރުކޮށް، ޑިޖިޓަލް އާލާތްތައް މެދުވެރިކޮށް ކުރިއެރުން ހޯދުމަށް ދިވެހިންނަށް އެއްބާރުލުންދިނުމަށްޓަކައި، ނިރު އެކްސެލެރޭޓާރ، ސްމާޓް ސިޓީޒް ޕްރޮޖެކްޓް، މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް، ޑިޖިޓަލް ލިޓަރަސީ ޕްރޮގްރާމް ފަދަ ގިނަ ހަރަކާތްތަކެއް އުރީދޫ އިން ކުރިއަށްގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here