އީސީ ޝަރީފް މުއާއަށް: މިދަނީ ބޭރަށް މަ ހޯދާ މަންޖެ ގާތު ބުނެލާތި !

ދުވަސް އެމްވީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ކުރިން، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެން ތަފާތު ކަމު އެދިލައްވައިފި އެވެ.

ޝަރީފް މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި މުއާޒް ޓެގް ކުރައްވައި ވިދާޅުވެފައިވަނީ “މިދަނީ ބޭރަށް” ކަމަށާއި “މަ ހޯދާ މަންޖެ ގާތު ބުނެލަން” ވާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި ޝަރީފް އެ އިޝާރާތް ކުރެއްވި މަންޖެ އަކީ، ރިޔާސީ އިންތިހާބުގައި ބޮޑު ތަނުން ބަލި ވުމުން ބަލި ގަބޫލު ނުކޮށް ޕީޕީއެމްއިން ކުރިއަށްގެންދާ މުޒާހަރާ ތަކުގައި ދަމާލާފައި “އީސީ ޝަރީފޫ” އޭ ހުއްޓުމެއް ނެތި ގޮވާ “މަންޖެ” އަށެވެ.

ކޮންމެއަކަސް ރިޔާސީ އިންތިހާބަށްފަހު އީސީ ރައީސް ބޭރަށް ވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރެވެ. ވަޑައިގެންނެވީ ކޮން ގައުމަކަށް ކަން އަދި ކިހާ ދުވަހަކަށް ކަން ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here