މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ ހުށަހަޅަނީ

ދުވަސް އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ މަޖިލީހުގެ އިދާރާއަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ތައްޔާރުވެއްޖެއެވެ. ހުށަހަޅަނީ 45 މެމްބަރުންގެ ސޮޔާއެކުގައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާއިރު ޕީޕީއެމްގެ ބައެއް މެމްބަރުންވެސް އެ މައްސަލަ ހުށަހަޅަން ސޮއިކޮށްފައިވެއެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަން ކަށަވަރެއް ނޫނެވެ.

މަސީހުގެ މައްޗަށް އިތުރާބު ނެތްކަމުގެ މައްސަލަ މާދަމާ ހުށަހެޅުމުން ވެގެންދާނީ މި މައްސަލަ މަޖިލީހަށް ހުށަހަޅާ ތިން ވަނަ ފަހަރަށެވެ. ފާއިތުވި ދޮޅު އަހަރެއްގެ ތެރޭގައި ދެ ފަހަރު މި މައްސަލަ ހުށަހެޅި ނަމަވެސް އިދިކޮޅަށް ކާމިޔާބުވެފައެއް ނުވެއެވެ. އެންމެ ފަހުން ހުށަހެޅި ހުށަހެޅުމާއި ދިމާކޮށް 12 މެމްބަރެއްގެ ގޮނޑި ގެއްލިގެން ދިޔައެވެ.

އެ ފަހަރު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާއިރު އެ ގޮނޑިތައް ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން މިހާރު އަންނަނީ ނިންމަމުންނެވެ. އެގޮތުން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް މިހާތަނަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާއިރު ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް މިހާރު ނިންމާލާފައިވެއެވެ. އަދި ބާކީ ތިބި ހަތަރު މެމްބަރުންގެ ގޮނޑީ މައްސަލަތައް މާދަމައާއި އަނެއް ދުވަހަށް ތާވަލުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here