ސުޕްރީމް ކޯޓަށް ފާޑުކިޔުމުން އަލީ ހުސެއިން ސަސްޕެންޑް ކޮށްފި

ދުވަސް އެމްވީ

ސުޕްރީމް ކޯޓަށް ފާޑު ކިޔުމުން، ގާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ސަސްޕެންޑް ކޮށްފިއެވެ.

ޖުޑީޝަރީން ބުނެފައިވަނީ  ސަސްޕެންޑް ކޮށްފައިވަނީ އަލްއުސްތާޛު ޢަލީ ޙުސައިންއާ ޙަވާލާދީ، “ގޮނޑިއާމެދު ސުޕްރީމް ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނެތް: ޢަލީ ހުސައިން” މި މައުޟޫޢުގައި 2018 އޮކްޓޫބަރު 05 ވަނަ ދުވަހު http://vnews.mv/103800 ގައި ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭގޮތުން ޢަލީ ޙުސައިންއާ ސުވާލުކުރުމަށްފަހު، ޢަލީ ޙުސައިން ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް ބެލިބެލުމުން، ބ. ކެންދޫ/ މުނިޔާގެ، ޢަލީ ޙުސައިންގެ މި ޢަމަލަކީ “ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު” ގެ 3.2 ގެ (ހ)، (ނ)، (ރ) އާ ޚިލާފު ޢަމަލަކަށްވާތީ ކަމަށެވެ.

“އެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ  (ނ) ގެ ދަށުން ޤާނޫނީ ވަކީލު ބ. ކެންދޫ/ މުނިޔާގެ، ޢަލީ ޙުސައިން، ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން 2018 އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެން 05 މަސްދުވަހުގެ މުއްދަތަށް މަނާކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.” ޖުޑީޝަރީން ބުނެފައިވެއެވެ.

ވީނިއުގައި މި މަހުގެ ފަސް ވަނަ ދުވަހު ޝާއިޢު ކޮށްފައިވާ ހަބަރުގައި އަލީ ހުސެއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެމްބަރުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ފަހުން ނިންމި ނިންމުމާއެކު ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމަންޖެހޭ އިތުރު ނިންމުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here