ފޮޓޯ: އަވަސް

ރާއްޖޭގެ އިންފްލޭޝަން 1.38 ޕަސެންޓް މައްޗަށް

ދުވަސް އެމްވީ

މި އަހަރުގެ އޮގަސްޓް މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.38 ޕަސެންޓް މައްޗަށް ގޮސްފައިވާކަމަށް ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނެފި އެވެ.

މި އިދާރާއިން ބުނި ގޮތުގައި އޮގަސްޓް މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 1.38 ޕަސެންޓުގަ އެވެ. ނަމަވެސް ޖުލައި މަހު ހުރީ 0.54 ޕަސެންޓުގައި ކަމަށާއި، މި މަހުގެ އަގުތައް ނުލައި ބަލާނަމަ އޮގަސްޓް މަހު އިންފްލޭޝަން ހުރީ 1.36 ޕަސެންޓު މަތީގަ އެވެ.

އޮގަސްޓް މަހު މައިގަނޑު ގޮތެއްގައި އިންފްލޭޝަން މަތިވެފައިވަނީ ތަރުކާރީގެ ބާވަތްތަކުގައި ކަމަށް މި އިދާރާ އިން ބުނެފައިވއެވެ. ތަރުކާރީގެ އަގުތައް ވަނީ 60.81 ޕަސެންޓް މަތިވެފައި ވާއިރު ދެން މަތިވެފައިވަނީ ކަނޑުމަހުގެ ބާވަތްތައް 1.58 ޕަސެންޓް އަދި ކިރާއި ޗީޒް އަދި ބިހުގެ ބާވަތްތައް 1.47 ޕަސެންޓުގެ އިތުރުން ފޯނާއި ފެކްސް ފަދަ އާލަތްތަކުން 7.61 ޕަސެންޓު އަދި ކާބޯތަކެތީގެ ބާވަތްތަކުން 1.75 ޕަސެންޓެވެ. މީގެ އިތުރުން ގޭގެ ކުލި 0.26 ޕަސެންޓު އަދި ކެފޭ އާއި ރެސްޓޯރެންޓުގެ ބައިން 0.18 ޕަސެންޓު އަދި އަންނައުނުގެ ބައިން 0.24 ޕަސެންޓެވެ.

މި މުއްދަތުގައި އަގުތައް ދަށަށް ގޮސްފައިވާއިރު، މޭވާގެ އަގުތައް ވަނީ 1.89 ޕަސެންޓް ވެއްޓިފަ އެވެ. އަދި ސައިކަލްގެ އަގުތައް 1.03 ޕަސެންޓު ވެއްޓުނުއިރު، ގޯތިގެދޮރުގައި ބޭނުންކުރާ މޯޓަރުފަދަ އާލާތްތަކުގެ އަގުތައް ވަނީ 0.87 ޕަސެންޓް ވެއްޓިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here