އިންޑިއާގެ ބޮޑު ވަޒީރު މޯދީ ދިވެހި ބަހުން ޓްވީޓެއް ކުރައްވައިފި

ދުވަސް އެމްވީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދިވެހި ބަހުން ޓްވީޓެއް ކުރައްވައިފިއެވެ.

މޯދީ މި ޓްވީޓް ކުރައްވާފައިވަނީ ދިވެހި ދެ ލަވަކިޔުންތެރިޔަކު ކިޔާފައިވާ ހިންދީ ލަވައެއް ޓްވީޓް ކުރެއްވުމަށްފަހު އެ ލަވައާއި ބެހޭ އިތުރު ތަފްސީލު ދެއްވަމުންނެވެ.

މޯދީ ދިވެހި ބަހުން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ “ވައިޝްނަވް ޖާން ތޯ” މި ލަވަ ކިޔުއްވާފައިވަނީ ރާއްޖޭގެ ހުނަރުވެރި ލަވަކިޔުންތެރިން މުޙައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާ ކަމަށެވެ. ގާންދީގެ ސުލްޙައިގެ ފަލްސަފާއާއި ދެމެހެއްޓެނިވި ތަރައްޤީ އަދި ސާފުތާހިރުކަމުގެ ހަރަކާތް ދިވެހިރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭކަމުގައި މޯދީ ދިވެހި ބަހުން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މޯދީގެ މި ޓްވީޓަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެތައް ސަތޭކަ ލައިކްސް، ރީޓްވީޓްސް އަދި ކޮމެންޓްސް ލިބިފައިވެއެވެ.

މޯދީގެ މި ޓްވީޓަށް ބޮޑު ސަމާލުކަމެއް ލިބެމުން އަންނައިރު މި ޓްވީޓަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހި ބަހުން ޓުވީޓެއް ކުރެއްވިކަމީ ދިވެހިންނަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here