ރިންގްރޯޑު ހެދުމުގެ މަސައްކަތުގައި، އީޕީއޭއިން ހައުސިންގް މިނިސްޓްރީ ޖޫރިމަނާ ކޮއްފި

ފާތިމަތު އުލާ

މާލެ އާއި ފުވައްމުލަކުގެ ރިންގ ރޯޑު ހެދުމުގެ މަސައްކަތުގައި އީއައިއޭ ރިޕޯޓާއި ހިލާފުވެފައިވާތީ، އީޕީއޭ އިން  ހައުސިންގ މިނިސްޓްރީ   80000ރ. އިން ޖޫރިމަނާ ކޮށްފައެވެ.

“ގަވާއިދު ނަންބަރު 2012/R-27 (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު: 2015/R-174) ގެ ޖަދުވަލު (ރ) ގައި ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހަދަންޖެހޭ ކަންކަމުގެ ގޮތުގައި ލިސްޓުކޮށްފައިވާ ކަމެއްގެ ގޮތުގައި އެ ޖަދުވަލުގެ 14 ގައި ޕޭވް ކޮށްގެން މަގު ހެދުމުގެ މަޝްރޫޢުތަށް ހިމެނިފައިވީނަމަވެސް “މާލޭ ރިންގު ރޯޑު” ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގެ ދަށުން ހަދަންޖެހޭ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމެއް ނެތި ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް އެދި މި އެޖެންސީއަށް ހުށަހެޅުމެއްނެތިކަމަށް” ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން އެ އެޖެންސީއަށް ހުށަހެޅުމެއްނެތި، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން ކުށްތައް ތަކުރާރު ކުރާ ފަރާތްތަކަށް ޖޫރިމަނާ ކުރާނެ އުސޫލަށް ބަލާ ކުށް ކުރި ފުރަތަމަ ފަހަރުކަމަށްވާތީ، 20,000ރ. ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

ހަމައެއާއެކު ފުވައްމުލަކު ރިންގް ރޯޑު ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ނިންމި ނިންމުންތަކާ ޚިލާފަށް ހައުސިންގ މިނިސްޓްރީން މަސައްކަތް ކޮށްފައިވުމުން އެކަންތައްތަކަށް ބަލާ 60000ރ. އިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށް ވެސް އީޕީއޭ އިން ބުނެފައިވެއެވެ.

އަދި މި ދެ ޖޫރިމަނާއަށް 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އީޕީއޭއިން ހައުސިން މިނިސްޓްރީ ޖޫރިމަނާ ކޮއްފައިވާއިރު، ގަވާއިދާ ހިލާފަށް ބިމުން ފެން ނަގައި ބޭރު ކުރި މައްސަލައިގައިވެސް ހައުސިންގް މިނިސްޓްރީ ޖޫރިމަނާ ކޮއްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here