ޗެޓު ކުރާއިރު ނަމަ ނަމަ ތިކި ނުޖަހާތި، އަނެކާ ނަގާ މާނަ ވަރަށް ތަފާތު !

ދުވަސް އެމްވީ

ސޯޝަލް މީޑިއާގެ ތެރޭގައި ތާ އަބަދު އަހަރެމެން އުޅޭއިރު، ޗެޓް ކުރާއިރު އާންމުކޮށް ތިކި ނުވަތަ ފުލްސްޓޮޕް ޖަހާނަމަ އަނެކާ ނަގާ މާނަ ތަފާތުވެދާނެކަން އެނގިލައްވާތޯއެވެ.

މިކަމާމެދު ދިރާސާތަކެއް ހެދިފައިވާއިރު ދިރާސާތަކުން ދައްކާގޮތުގައި ޗެޓް ކުރާއިރު ތިކި ޖަހާނަމަ ނުވަތަ މާ ގިނައިން ފުލްސްޓޮޕް ޖަހާނަމަ އެކަމަކީ އެ ވާހަކައެއްގެ ނިމުން ކަމުގައި ސިފަކުރެއެވެ. އަދި ބައެއް ފަހަރު ތިކި ޖަހަނީ ރުޅި އައިސްގެން ނުވަތަ ހިތްހަމަ ނުޖެހިގެން ކަމުގައިވެސް ސިފަ ކުރެއެވެ. އަދި އިތުރަށް ވާހަކަ ކުރިއަށް ނުގެންދާންވެސް ނިންމައެވެ.

މިކަމަކީ އަނެކާގެ ނަފްސިއްޔާތާ ގުޅުން އޮންނަ ކަމެއް ކަމުގައި ދިރާސާތަކުން ދައްކާއިރު ޔުނިވާސިޓީ އޮފް ކެލިފޯނިއާގައި މިކަމާއި ގުޅިގެން ހެދި ދިރާސާއަކުން ފާހަގަކޮށްފައިވާގޮތުގައި މީހަކާއި ވާހަކަ ދައްކާއިރު މިފަދަ ކުދި ކުދި ކަންކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. ހާއްސަ ގޮތެއްގައި ގުޅުންތައް ދެމެހެއްޓުމުގައި މިފަދަ ކުދި ކުދި ކަންކަން ބޮޑު ދައުރެއް އަދާކުރާކަމަށް އެ ދިރާސާއިން ދައްކާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here