އެމެރިކާގައި ސެލްފީ ނަގަން އުޅުނު ކަނބަލަކު 27 ވަނަ ބުރިން ވެއްޓި މަރުވެއްޖެ

ދުވަސް އެމްވީ

އެމެރިކާގައި އުސް އިމާރާތެއްގެ 27 ވަނަ ބުރިން ސެލްފީއެއް ނަގަން އުޅުނު އަންހެން ކަނބަލަކު ވެއްޓި މަރުވެއްޖެއެވެ.

އިއްޔެ ހިނގި މި ހާދިސާ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 44 އަހަރުގެ ސޭންޑްރާ މަނުއޭލާ ޑަ ކޯސްޓާ މަސީޑޯ ނަމަކަށް ކިޔާ އަންހެން ކަނބަލެކެވެ.

އޭނާގެ ރައްޓެހިންނާއި ހަވާލާދީ ބުނެފައިވާގޮތުގައި އޭނާ އެމެރިކާއަށް ދިޔައީ ދާދި ފަހުންނެވެ.

އޭނާ ވެއްޓުނު މަންޒަރު، އެހެން އިމާރާތެއްގައި އުޅުނު ކޮންސްޓަރަކްޝަން މަސައްކަތްކުރާ މީހަކު ވީޑިއޯކޮށްފައިވާއިރު 27 ވަނަ ބުރިން އޭނާ ވެއްޓުނީ ބެލްކަންޏެއްގެ ރެއިލިންގ މަތީގައި އިށީނދެ ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here