އަހަންނަކީ ފިނޑިއެއް ނޫން، ގައުމު ދޫކޮށް ފިލަންވީ ސަބަބެއް ނެތް: ޝައިނީ

ދުވަސް އެމްވީ

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްދު ޝައިނީ އަކީ ފިނޑިއެއް ނޫން ކަމަށާއި ގައުމު ދޫކޮށް ފިލަންވީ ސަބަބެއް ނެތްކަމުގައި މިނިސްޓަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޝައިނީ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ޓީމުގައި ގައުމަށާއި ރައްޔިތުންނަށް ކޮށްދެވުނު ހިދުމަތާއިމެދު ފަހުރުވެރިވާކަމަށެވެ.

“ގައުމު ދެކެ އަހަރެން ލޯބިވަން، ދެމި ހުންނާނީ ލިބޭ ކޮންމެ ފުރުސަތެއްގައި ގައުމަށް ހިދުމަތް ކުރުމުގައި” ޝައިނީގެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here