މައިކްރޯސޮފްޓް ބާނީ ޕައުލް އެލެންއާއި އެކު

މައިކްރޯސޮފްޓްގެ ކޯ ފައުންޑަރ ޕައުލް އެލެން މަރުވެއްޖެ

ފާތިމަތު އުލާ

މައިކްރޯސޮފްޓްގެ ކޯ ފައުންޑަރ ޕައުލް އެލެން ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް 65 އަހަރުގައި މަރުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް، އެލެން މަރުވީ ހޯމަ ދުވަހު ކަމަށް އެލެންގެ އާއިލާއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

މައިކްރޯސޮފްޓްގެ ކޯ ފައުންޑަރ އެލަން މަރުވެފައިވާއިރު މައިކްރޯސޮފްޓް ވުޖޫދަށް ގެނައީ ފައުންޑާ ބިލް ގޭޓްސްއާއެކު އެލެން އެވެ. މި ދެމީހުން ދިމާވީ 1968 ވަނަ އަހަރުއެވެ. އެ ކުންފުނި ވުޖޫދަށް ގެނައީ އެ ދެމީހުންގެ ޒުވާން ދުވަސްވަރު ކުރި މަސައްކަތުންނެވެ. މައިކްރޯސޮފްޓް ވުޖޫދަށް ގެނައީ 1975 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here