މާލެ އާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަމަންއަމާންކަން ޤާއިމުކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަނަށް، ސިފައިން އެހީތެރިވުމުގެ ގޮތުން މިއަދު 1800 ން ފެށިގެން ޚާއްޞަ އޮޕަރޭޝަނެއް މާލެ އާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަނުގައި އެއްގަމު އުޅަނދު ޗެކް ކުރުމާއި، ކަނޑުގެ އުޅަނދު ފަހަރުތައް ޗެކް ކުރަމުގެ އިތުރުން މީހުން ބަލާ ފާސްކުރެވޭނެ ކަމަށެވެ.
މާލެ އާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަމަންއާމާންކަން ދެމެހެއްޓުމަށްޓަކައި، ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން ސިފައިން ހިންގާ މި ޚާއްޞަ އޮޕަރޭޝަނަށް ތިޔަ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެދޭ ކަމަށްވެސް ސިފައިން ބުނެފައި ވެ އެވެ.