އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަބީބު، ރާއްޖެ ޓީވީގެ ޝޯއެއްގައި --

އިންތިހާބު ބާތިލުވެދާނެކަމަށް ބުއްދި ސަލާމަތުން ހުރި އެކަކުވެސް ނުދެކޭނެ: އީސީ މެމްބަރު ހަބީބް

ދުވަސް އެމްވީ

ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލުވެދާނެކަމަށް ބުއްދި ސަލާމަތުން ހުރި އެކަކުވެސް ނުދެކޭނެ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަވެ.

“އިންޝާﷲ، މޮޅަށް ދެނެވޮޑިގެންވަނީ ﷲތައާލާ” ހަބީބުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީން ބަލިވެވަޑައިގަތުމުން، ފުރަތަމަ ބަލި ގަބޫލު ކުރެއްވިއެވެ. ނަމަވެސް އިންތިހާބު ވަނީ އޮޅުވާލާފައިކަމަށްބުނެ ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ.

އެ މައްސަލައިގެ ދެ އަޑުއެހުމެއް މިހާތަނަށް ބާއްވާފައިވާއިރު މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރައްވާ ވަކީލުން ވިދާޅުވެފައިވަނީ ވޯޓު އޮޅުވާލުމަށް އަނގޮޓި ގެނައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ކަމަށާއި އެކަން ސާބިތު ކުރަން ސިއްރު ތިން ހެއްކެއް ހުށައަޅަން ބޭނުން ކަމަށެވެ. ނަމަވެސް ސިއްރު ހެކި ހުށަހެޅުމާއިމެދު މިއަދުގެ އަޑުއެހުމުގައި އަދި ގޮތެއް ނިންމާފައެއް  ނުވެއެވެ.

މިއަދުގެ އަޑުއެހުން މެދުކަނޑާލާފައިވާއިރު ދެން ފަށާނީ 01:30ގައެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here