އީޕީއޭއިން ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީ ޖޫރިމަނާ ކޮއްފި

ދުވަސް އެމްވީ

ގަވާއިދާ ޚިލާފަށް މާލޭގެ ބިމު އަޑިން ފެން ނަގައި، ފެން ބޭރުކޮށްފައިވާތީ ހައުސިން މިނިސްޓްރީ އާއި އެމްޑަބްލިއުއެސްސީ ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މި ދެ ތަން ޖޫރިމަނާކުރީ، މާލޭގެ ދެ ސަރަހައްދަކުން ގަވާއިދާ ޚިލާފަށް ފެން ބޭރުކޮށްފައިވާތީ އެވެ.

ހައުސިން މިނިސްޓްރީ 50،000ރ. އިން ޖޫރިމަނާކޮއްފައި ވާއިރު އެމްޑަބްލިއުއެސްސީ ޖޫރިމަނާކޮއްފައިވަނީ 55،000ރ. އިންނެވެ. 30 ދުވަހުގެ ތެރޭގައި މިފައިސާ ދެއްކުމަށް އަންގާފައި ވާއިރު މި ދެތަން ޖޫރިމަނާ ކޮއްފައިވަނީ އިއްޔެއެވެ.

އީޕީއޭއިން ބުނެފައިވަނީ ބިން ފެން ނަގައި ބޭނުންކުރުމުގެ ގަވާއިދުގައިވާ ގޮތުން، އެކަން ކުރެވޭނީ އީޕީއޭގެ ހުއްދަ ލިބިގެން ކަމަށެވެ. އެކަމަކު އެދެތަނުން ވެސް ފެން ބޭރުކޮށްފައި ވަނީ، ހުއްދަ ހޯދުމެއް ނެތި ކަމުގައިވެސް އީޕީއޭއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here