ކުރީގެ ޕީޖީ މުހްތާޒް އާއި ގާޒީ ނިހާންގެ މައްސަލައިގެ އަޑުއެހުމެއް މިއަދު 10:30 ގައި

ދުވަސް އެމްވީ

ރައީސް ޔާމީން ހައްޔަރު ކުރުމަށް އަމުރެއް ނެރުނު މައްސަލައިގާ ޓެރަރިޒަމް ދައުވާ އުފުލާފައިވާ ކުރީގެ ޕީޖީ މުހްތާޒް މުހްސިން އާއި ގާޒީ އަހްމަދު ނިހާންގެ މައްޗަށް ދައުލަތުން ފުލާފައިވާ ދައުވާތަކެއްގެ އަޑުއެހުން މިއަދު 10:30 އަށް ތާވަލުކޮށްފިއެވެ.

މި ދެމީހުންގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން ކޮށްފައިވެއެވެ. އެއީ މުހުތާޒަށް ކުރާ ސައްހަ ނޫން ލިއުމެއް އުފެއްދިކަމުގެ ދައުވާ އާއި، ވަކި އުސޫލަކުން ދޫކޮށްފައިވާ ލިއުމެއް ކަމުގައި ސައްހަ ނޫން ގޮތުގައި އުފައްދާ ފައިވާ ލިއުމެއް ދެއްކުމުގެ ދައުވާގެ އިތުރުން ނިހާނަށް ކޮށްފައިވާ ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށީގެން ނުވާ އަމަލެއް ހިންގުމުގެ ދައުވާއާއި، ސައްހަ ނޫން ލިއުމެއް އުފެއްދުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.

މި ދައުވާތަކުގެ އަޑުއެހުންތައް މައަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިއުމަށް ތާވަލްކޮށްފައިވާއިރު މުހުތާޒާއި ނިހާނަށް ވަނީ ރައީސް ޔާމީން ހައްޔަރުކުރަން އަމުރު ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here