ފަލަސްތީނުގެ ހަތް މުސްލިމަކު ޝަހީދުކޮށްލައިފި

ދުވަސް އެމްވީ

ގުދުސް އާއި މަސްޖިދުއްއަގްޟާގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުންގެ ކުރިއަށްގެންދާ މުޒާހަރާތަކުގައި އިޒްރޭލު ޔަހޫދީންގެ ހަމަލާތަކުގައި އިއްޔެ ހަތް މުސްލިމަކު ޝަހީދުވެއްޖެއެވެ.

އިއްޔެގެ މި ހަމަލާއާއި ބެހޭގޮތުން އިޒްރޭލުން ބުނެފައިވަނީ އެ ހަތް މީހުންގެ ގަޔަށް ބަޑިޖަހަން މަޖުބޫރުވީ ފެންސް ފަޅާލާފައިވާ ބޯޑަރުގެ އަނެއް ފަޅިއަށް ގޮސް ބޮމުގެ ހަމަލާ ދޭން އުޅުމުން ކަމަށެވެ.

މި އަހަރުގެ މާރިޗް 30 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިޒްރޭލު ހަމަލާތަކުގައި 200 އަށްވުރެ ގިނަ، ފަލަސްތީނުގެ މުސްލިމުން ޝަހީދުވެފައިވާއިރު އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު މި ފަހުން ގޯސްވެފައިވަނީ އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ އެމްބަސީ ގުދުސް އަށް ބަދަލުކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here