ގަދަބާރުން ވެރިކަމުގައި ނުހުރެވޭނެ: މަހްލޫފް

ދުވަސް އެމްވީ

ރައްޔިތުންގެ ނިންމުން ބޮލާލާ ޖަހައި، ގަދަބާރުން ވެރިކަމުގައި ނުހުރެވޭނެކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ޔާމީން ދުރުކޮށް ރައްޔިތުން އިންތިޚާބުކުރި ރައީސަށް ރައްޔިތުންގެ ވެރިކަން ހަވާލުކުރާނޭ ތަކުރާރުކޮށް ދަންނަވަނީ ސަބަބެއް އޮތީމާ ކަމަށެވެ.

“ގަމްބިއާ ރައީސަށްވެސް ޖެހުނީ ހަމަ އެ ހާލު” މަހްލޫފްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވެއެވެ.

މަހްލޫފްގެ ޓްވީޓްގައި އާންމު ގޮތެއްގައި ގަމްބިއާގެ ރައީސްގެ މިސާލު ނަންގަވައެވެ. 2017 ވަނަ އަހަރު ޑިސެމްބަރުގައި ގަމްބިއާގައި ބޭއްވި އިންތިޚާބުގައި ގަމްބިއާގެ އޭރުގެ ރައީސް ޔަހުޔާއަށް އިންތިޚާބު ނާކާމިޔާބުވެވަޑައިގަތެވެ. ނަތީޖާ ގަބޫލުކުރެއްވުމަށްފަހު ފަހުން އެކަން ބަދަލުކޮށް ސުޕްރީމް ކޯޓާއި އާރާއި ބާރު ބޭނުންކޮށްގެން ވެރިކަމުގައި ހުންނަވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އަވަށްޓެރި ގައުމުތަކުގެ ފައުޖުތައް އެ ގައުމަށް އަރައިގަތުމުން ފަހު ވަގުތު މަގާމުން އިސްތިއުފާ ދެއްވައި އެހެން ގައުމެއްގެ ހިމާޔަތް ހޯއްދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here