ޝައިޚް އާދަމް ޝަމީމް އިންޑިއާގެ އެއާޕޯޓެއްގައި ހިފަހައްޓައި ޑީޕޯޓް ކޮށްލަނީ

ދުވަސް އެމްވީ

ޝައިޚް އާދަމް ޝަމީމް އިބްރާހިމް މިއަދު އިންޑިއާގެ އެއާޕޯޓެއްގައި ހިފަހައްޓާ ޑީޕޯޓް ކުރަން ނިންމައިފިއެވެ.

“އަންދަލުސް ދަރުސް” އިން އާންމުންގެ ތެރެއަށް މަގްބޫލުވެގެންދިޔަ ޝައިޚް އާދަމް ޝަމީމް އިންޑިއާގެ އެއާޕޯޓެއްގައި ހިފެހެއްޓި ސަބަބު ސާފެއް ނޫނެވެ. ނަމަވެސް މީޑީއާތަކަށް މައުލޫމާތު ދެމުން އިންޑިއާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު ބުނެފައިވަނީ ޝެއިޚް ޝަމީމް ހިފަހައްޓާފައިވަނީ ޓްރިވެންޑްރަމް އެއާޕޯޓްގައި ކަމަށާއި މާދަމާ އޮންނަ ފްލައިޓަކުން ރާއްޖެ ފޮނުވާލަން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރާއްޖެ ފޮނުވާލަންދެން ޝައިޚް ޝަމީމް ހުންނާނީ އިންޑިއާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.

އިންޑިއާގެ އެއާޕޯޓެއްގައި ޝައިޚް ޝަމީމް މިއަދު ހިފަހައްޓާފައިވާއިރު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުވެސް މި އަހަރުގެ ތެރޭގައި އިންޑިއާ އެއާޕޯޓެއްގައި ހިފެހެއްޓުމަށްފަހު ރާއްޖެ ފޮނުވާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here