ނޭފަތް ކޮއްޓާނަމަ ނިއުމޯނިޔާ ޖެހުމުގެ ފުރުސަތު ބޮޑު: ދިރާސާ

ދުވަސް އެމްވީ

ނޭފަތް ކޮއްޓާނަމަ ނިއުމޯނިޔާ ޖެހުމުގެ ފުރުސަތު ބޮޑުކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

ނިއުމޯނިޔާ (އިނގިރޭސި ބަހުން( Pneumonia  އަކީ ފުއްޕާމޭއަށް ޖެހޭ ބައްޔެކެވެ. މިއީ އެންމެ ސާދާ ބަހުން ބުނާނަމަ ‘ފުއްޕާމޭ ދުޅަވުން އެވެ. މިބަލި ޖެހުމުން ފުއްޕާމޭގައި ހުންނަ ކުދި ވައިކޮތަޅު ގައި ދިޔަ ޖަމާވާގޮތް ވެއެވެ. ތަފާތު ވައްތަރުގެ ބެކްޓީރިޔާ، ވައިރަސް، ފަންގަސް، އަދި ޕަރަސައިޓް ތަކުގެ ސަބަބުން ނިއުމޯނިޔާ ޖެހޭކަން ފާހަގަ ކުރެވެއެވެ. ކެމިކަލް ގެ ސަބަބުން ނުވަތަ ޖިސްމާނީ ގޮތުން ލިބޭ އަނިޔާ އަކާއި ވިދިގެން ވެސް ނިއުމޯނިޔާ ޖެހިދާނެއެވެ.

ނިއުމޯނިޔާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ކެއްސުން، މޭގައި ރިހުން، ހުންއައުން އަދި ނޭވާލާން އުދަގޫވުން ފަދަ ކަންތައްތައް ހިމެނެއެވެ. ބަލި ދެނެގަތުމަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަމަކީ ކުޅު ޓެސްޓުކުރުން އަދި މޭގެ އެކްސްރޭ ނެގުމެވެ.

ނޭފަތް ކޮއްޓާއިރު ނިއުމޯނިޔާ ޖެހެން މެދުވެރިޔާ ބެކްޓީރިއާއެއް ކަމުގައިވާ ނިއުމޮކޯކަސް އަތުން ނޭފަތުގެ ތެރެއަށް ގޮސް ނިއުމޯނިޔާ ޖެހިދާނެކަމަށް ދިރާސާއަކުން ދައްކާފައިވާއިރު މި ދިރާސާ ހެދި އިނގިރޭސި ސައިންޓިސްޓުންގެ ޓީމަކުން އިއްޔެ ބުނެފައިވަނީ މިއީ ނޭފަތުން މި ބަލީގެ ބެކްޓީރިއާ ހަށިގަނޑުގެ ތެރެއަށް ގޮސް ނިއުމޯނިޔާ ޖެހިދާނެކަން ކަށަވަރުވި ފުރަތަމަ ފަހަރު ކަމަށެވެ.

ނިއުމޯނިޔާއަކީ ފުރާނައަށް ނުރައްކާ ވާވަރުގެ ބައްޔެއް ކަމުގައިވާއިރު މި ބަލީގެ ނުރައްކާ ބޮޑީ ކުޑަކުދިންނަށެވެ. ދުނިޔޭގައި އަހަރަކު 1.3 މިލިޔަން ކުޑަކުދިން (ފަސް އަހަރުން ދަށުގެ) ނިއުމޯނިޔާ ޖެހިގެން މަރުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން ކުޑަކުދިން މާ ގިނައިން ނޭފަތް ކޮއްޓާނަމަ އެ އާދަ ހުއްޓުވަން މަސައްކަތް ކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

Please enter your comment!
Please enter your name here